ދިވެހި ޕްރިމިއާ ލީގުގައި ރޭ އެންމެ ފަހުގެ ޗެމްޕިއަން ނިއުރެޑިއަންޓް ސްޕީޓްސް ކުލަބް އާއި މާޒިޔާ ސްޕޯޓްސް ބައްދަލު ކުރި މެޗު ނިއުރެޑިއެންޓް ކާމިޔާބުކޮށްފިއެވެ.
ރޭ ކުޅުނު މިމެޗު ނިއު ކާމިޔާބުކޮށްފައިވަނީ ވާދަވެރި މާޒިޔާ އާއި ބައްދަލު ކޮށް 1-0 ލަނޑުންނެވެ.
މި މޯޅާއި އެކު ނިއު ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް ހަތް ޕޮއިންޓާ އެކު ތާވަލުގެ އެއް ވަނާގައި ނިއު އޮތް އިރު ދެވަނާގައި އޮތް ގްރީންސްޓްރީޓް އަދި ތިން ވަނާގައި އޮތް ޓީސީ ވެސް ވަނީ ހަތް ޕޮއިޓް ހޯދާފައެވެ. ނިއުއަށް އެއްވަނަ ލިބެނީ ފައިދާ ގޯލުގެ ތަފާތުންނެވެ.
ރޭގެ މެޗުގައި ނިއުގެ ފަރާތުން މޮޅު ކުޅުމެއް ދައްކާފައިވާ އިރު މިމެޗުގައި ނިއުއި އަލަށް ގުޅުނު ތުރުކުމެނިސްތާން ވިންގާ އާމިރް ގުރުބާނީ މޮޅު ކުޅުމެއް ދައްކާފައެވެ.
ރޭގެ މެޗުގައި ނިއުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގޮސްފައި ވާއިރު މި މެޗުގައި ނިއުގެ ހަމަ އެކަނި ލަނޑު ނިއުއަށް ކާމިޔާބުކޮށްދީފައިވަނީ ލިލީއެވެ.
.