ލީގުގައި ރޭ ކުޅުނު ފޯރިގަދަ މިމެޗު ނިމިފައިވަނީ ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި 0-0 ލަނޑުންނެވެ.
ރޭ ވިކްޓަރީ ނިލަންދޫ އާއި ކުޅުނު މެޗު އެއްވަރު ވެފައިވާއިރު ވިކްޓަރީ ވަނީ ބ. ފެހެންދޫއާ ވެސް 0-0 އިން އެއްވަރުވެފަ އެވެ.
ރޭގެ މެޗުގައި ވިކްޓަރީ ގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު ނިލަންދޫ ވަނީ ރޭގެ މެޗުގައި މޮޅު ޑިފެންސިވް ގޭމެއް ކުޅެއް ވިކްޓަރީގެ ހުރިހާ ހަމަލާއެއް ހުއްޓުވާފައެވެ.
ރޭގެ މެޗުގައ މޮޅު ކުޅުމެއް ވިކްޓަރީ ގެ ފަރާތުން ފެނިގެން ގޮސްފައިވާއިރު ނިލަންދޫ އިން ވަނީ ކައުންޓާގައި ލަނޑު ޖަހާނެ ގިނަ ފުރުސަތު ތަކެއް ތަނަވަސް ކޮށްފައެވެ.
ރޭގެ މެޗު އެއްވަރު ކޮށް ވިކްޓަރީ ހަތަރު ޕޮއިންޓާއި އެކު ލީގުގެ ހަތަރު ވަނާގައި އޮތް އިރު ލީގުގެ އެއްވަނާގއި މިވަގުތު އޮތީ އެންމެ ފަހުގެ ޗެމްޕިއަން ނިއުރެޑިއަންޓްއެވެ. ނިއު ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް ހަތް ޕޮއިންޓާ އެކު ތާވަލުގެ އެއް ވަނާގައި ނިއު އޮތް އިރު ދެވަނާގައި އޮތް ގްރީންސްޓްރީޓް އަދި ތިން ވަނާގައި އޮތް ޓީސީ ވެސް ވަނީ ހަތް ޕޮއިޓް ހޯދާފައެވެ. ނިއުއަށް އެއްވަނަ ލިބެނީ ފައިދާ ގޯލުގެ ތަފާތުންނެވެ.