English Edition
Dhivehi Edition
ފޮޓޯ:ލުބްނާ މަޖީދް- އޭއޯ ނިއުސް

މިނިވަން ކަޕް 2018 ގައި މިއަދު ހަވީރު ކުޅުނު މެޗު ލަނޑު ގޯންޏަކާއެކު ގައުމު އެފްސީ އިން ކާމިޔާބުކޮށްފިއެވެ

ހުޅުދޫ ފުޓްސަލް ދަނޑުގައި މިއަދު ކުޅުނު މެޗު ގައުމު އެފްސީ އިން ކާމިޔާބުކުރީ އެއިލެންޑް އެފްސީ އާއި ބައްްދަލުކޮށް 12 ލަނޑު 5 ލަނޑުންނެވެ.މިއަދުގެ މެޗުގެ ފުރަތަމަ ލަނޑު އެއިލެންޑް އެފްސީގެ މައުރޫފް އެ ޓީމަށް ކާމިޔާބުކޮށްދިން އިރު މެޗުގެ ހަތްވަނަ މިނިޓްގައި ގައުމު އެފްސީގެ ލިރު ވަނީ އެ ޓީމަށް އިތުރު ލަނޑެއް ކާމިޔާބުކޮށްދީ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ..

ގައުމު އެފްސީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ ދެވަނަ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ސޯބާ ބޮލުން ފޮނުވާލި ބޯޅަ ގޯލަށް އަމާޒުކޮށްގެންނެވެ. މެޗުގެ ފަނަރަވިނިޓްގައި އެއިލެންޑް އެފްސީގެ މައުރޫފް އިތުރު ލަނޑެއް އެ ޓީމަށް ކާމިޔާބުކޮށްދިން އިރު ހަމަ އެ މިނިޓްގައި ގައުމު އެފްސީގެ ޝާކާވަނީ އެ ޓީމަށް އިތުރު ލަނޑެއް ކާމިޔާބުކޮށްދީފައެވެ.މެޗުގެ ސަތާރަވަނަ މިނިޓްގައި އެއިލެންޑް އެފްސީ އިން އިތުރު ލަނޑެއް އެ ޓީމަށްވަނީ ކާމިޔާބުކޮށްދީފައެވެ.

މި މެޗުގެ ދެވަނަ ހާފްގައި މެދު ރޮނގާ ހިސާބުން ޝާކާ ފޮނުވާލި ބޯޅަ ގޯލަށް އަމާޒުވެ އެ ޓީމުންވަނީ މެޗުގެ ލީޑް އިތުރަށް ފުޅާކޮށްފައެވެ. އެއިލެންޑް އެފްސީ އިން ގައުމު އެފްސީ ހިފެހެއްޓުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާއިރު މެޗުގެ ބާވީސްވަނަ މިނިޓްގައި ސޯބާވަނީ ގައުމު އެފްސީ އަށް އިތުރު ލަނޑެއް ކާމިޔާބުކޮށްދީފައެވެ،

ގައުމު އެފްސީގެ ލިރު އާއި ޝާކާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔަ އިރު މެޗުގެ ހަތްވަނަ ލަނޑަކީ ލިރު ނަގައިދިން ޕާސް ގޯލަށް އަމާޒުކޮށް ޝާކާ ކާމިޔާބުކޮށްދިން ލަނޑެކެވެ. މި މެޗުގެ ބާވީސްވަނަ މިނިޓްގައި ގައުމު އެފްސީގެ ސޯބާ އެ ޓީމަށް އިތުރު ލަނޑެއް ކާމިޔާބުކޮށްދީފައިވާއިރު، އެއިލެންޑް އެފްސީ އިން ކާމިޔާބުކުރި ހަތަރުވަނަ ލަނޑަކީ އަމީރު ނަގައިދިން ކޯނަރެއް ގޯލަށް އަމާޒުކޮށް އޯސްކާ ކާމިޔާބުކޮށްދިން ލަނޑެކެވެ. މެޗުގެ ބޮޑު ލީޑެއް ނަގާފައިވާ ގައުމު އެފްސީ އާއި އެއްވަރުކުރުމަށް އެއިލެންޑް އިން ގިނަ މަސައްކަތްތަކެއްކޮށްފައިވާއިރު މެޗުގައި އެއިލެންޑް އަށް ފަސްވަނަ ލަނޑު ކާމިޔާބުކޮށްދިނީ އައްނިއެވެ.

ގައުމު އެފްސީގެ ފަރާތުން ފާހަގަކޮށްލެވޭ ފަދަ މޮޅު ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ އެ ޓީމްގެ ވިޝޫގެ ޓީމަށް ތިން ލަނޑު ކާމިޔާބުކޮށްދިން އިރު ލިރު އާއި ޝާކާ ވަނީ ކޮންމެ ކުޅުންތެރިއަކަށް އެއްލަނޑު ޖަހާ ބޮޑު ތަފާތަކުން އެއިލެންޑް ބަލިކޮށްފައެވެ.

މިއަދުގެ މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ގައުމު އެފްސީ އަށް ތިން ލަނޑު ކާމިޔާބުކޮށްދިން ޝާކާއެވެ