English Edition
Dhivehi Edition

މިނިވަން ކަޕް 2019 ގައި މިއަދު ހަވީރު ކުޅުނު މެޗު ގައުމު އެފްސީ އިން ކާމިޔާބުކޮށްފިއެވެ.

ހުޅުދޫ ފުޓްސެލް ދަނޑުގައި މިއަދު ކުޅުނު މި މެޗު ގައުމު އެފްސީ އިން ކާމިޔާބުކުރީ ވައިކިންގްސް އެފްސީ އާއި ބައްދަލުކޮށް 5 ލަނޑު 1 ލަނޑުންނެވެ. މެޗުގެ ދެވަނަ މިނިޓްގައި ގައުމު އެފްސީގެ ވިޝަލް ޖެހި ލަނޑާއެކު ވައިކިންގްސް އިންވަނީ މެޗުގެ ނަތީޖާ އެއްވަރުކުރުމަށް މަސައްކަތްކޮށްފައެވެ. މޮ ގޮތުން ދެ ޓީމުންވެސް ލަނޑެއް ކާމިޔާބުކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާއިރު ފުރަތަމަ ހާފް ނިމިގެން ދިޔައީ އިތުރު ލަނޑެއް ދެ ޓީމަށް ވެސް ކާމިޔާބުކުރެވޭ ގޮތް ނުވެފައެވެ.

މެޗުގެ ދެވަނަ ހާފްގެ ކުޅުނު ފެށުމާއެކު ވައިކިންގްސް ގެ ފާތިހް ހަސަން (ފައްތޭ) އެ ޓީމަށް ލަނޑެއް ކާމިޔާބުކޮށްދިން އިރު މެޗުގެ ތޭވީސްވަނަ މިނިޓްގައި އަކްރަމް އަބްދުލް ރަޝީދު(އަކޫ) ވަނީ ގައުމު އެފްސީ އަށް ލަނޑެއް ކާމިޔާބުކޮށްދީފައެވެ. މެޗުގެ އަށާވީސްވަނަ މިނިޓްގައި ގައުމު އެފްސީ ގެ ވިޝަލް އެ ޓީމަށް ލަނޑެއް ކާމިޔާބުކޮށްދިން އިރު ނަވާވީސް މިނިޓްގައި ހަސަން އަބްދުލް ސަމަދު ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ލީޑް ފުޅާކޮށްފައެވެ. މި މެޗުގައި ގައުމު އެފްސީއިން ޖެހި ފަސްވަނަ ގޯލު ތިރީސްފަސްވަނަ މިނިޓްގައި ސޯބާ ކާމިޔާބުކޮށްދިންއިރު މެޗު ނިމިގެން ދިޔައީ ވައިކިންގްސް އަށް އިތުރު ލަނޑެއް ޖަހާނެ ފުރުސަތެއް ނުލިބިފައެވެ.

ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ ގައުމު އެފްސީ ސެމީގެ ޖާގަ ކަށަވަރުކޮށްފައިވާއިރު މިއަދުގެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އަކޫއެެވެ.