English Edition
Dhivehi Edition

ސޯސަންމަގުގައި ހުންނަ އިދިކޮޅު ޕާޓީ އެމްޑީޕީގެ މައި އޮފީހުގެ ބިއްލޫރި ގަނޑު ބަޔަކު ތަޅާލައިފި އެވެ

ރޭދަންވަރު ވަގުތެއް ގައި އެ ޕާޓީގެ އޮފީހުގެބިއްލޫރީގަނޑު ގާބުރިއެއް އެއްލައިގެން ތަޅާލާފައިވާއިރު މި މައްސަލަ މިހާރުވަނީ ފުލުހުންނަށް ރިޕޯޓްކޮށްފައެވެ

އެމްޑީޕީގެ އޮފިޝަލަކު ބުނެފައިވަނީ ރޭ ދެ ފުލުހަކު އެމްޑީޕީ އޮފީސް ސަރަހައްދަށް އައިސް ހެކިތައް ނަގައިގެން ގޮސްފައިވާކަމަށާއި މި މައްސަލަ ތަހުގީގުކުރުމަށް ފުލުހުން ބޭނުންވާ އެއްބާރުލުން އެ ޕާޓީން ދީފައިވާ ކަމަށެވެ

ރިޔާސީ އިންތިހާބުގެ ފޯރި ގަދަވެފައިވާ މި ދުވަސް ވަރު، ސިޔާސީ ފަރާތްތަކަށް ގިނަ ހަމަލާތަކެއް އަންނަނީ ރައްދުވަމުންނެވެ.

ޓެގު