މިނިވަން ކަޕް 2018 ގައި މިރޭ ކުޅުނު ފުރަތަމަ މެޗުގައި ދެކުނު އެފްސީ އާއި ކެނެރީފް ބައްދަލުކުރި މެޗު 3 ލަނޑު 2 ލަނޑުން ކެނެރީފް ކާމިޔާބުކޮށްފިއެވެ
ކެނެރީފް އާއި ދެކުނު އެފްސީ ބައްދަލުކުރި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ދިޔައިރު މި މެޗުގެ ފުރަތަމަ ލަނޑު ދެކުނު އެފްސީ އަށް ކާމިޔާބުކޮށްދިނީ ޝުޖުއާން(ޝުއްޖޭ)އެވެ.ދެ ޓީމުންވެސް ވަރުގަދަ ގިނަ ހަމަލާތަކެއް ގޯލާ އަމާޒުކޮށް ފޮނުވާލާފައިވާއިރު ކެނެރީފްގެ ފުރަތަމަ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ ސަތާރަވަނަ މިނިޓްގައި އާލިއްޕޭއެވެ.މެޗުގެ އަށާރަވަނަ މިނިޓްގައި ކެނެރީފް ޓީމުގެ އިންޝާލް (އިންޓޭ)ޖެހި ލަނޑާއެކު އެ ޓީމުން ވަނީ މެޗުގެ ލީޑު ނަގާފައެވެ
މެޗުގެ ދެވަނަ ހާފްގައި ދެކުނު އެފްސީ އިން މެޗުގެ ނަތީޖާ ބަދަލުކޮށްލުމަށް ގިނަ ހަމަލާތަކެއް އުފައްދާފައިވާއިރު އެ ޓީމްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑުވެސް ކާމިޔާބުކޮށްދިން ކުޅުންތެރިޔާ ޝުއްޖޭ އެވެ. ޝުއްޖޭގެ ލަނޑާއެކު މެވުގެ ކުޅުން އިތުރަށް ފޯރިގަދަވެ ދެ ޓީޟުންވެސް މވަނީ މެޗުގެ ލީޑު ނެގުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. މި ގޮތުން މެޗުގެ ތޭވީސްވަނަ މިނިޓްގައި އިންޓޭގެ ގޯލާއެކިު ކެނެރީފުން މެޗުގެ ނަތީޖާ ބަދަލުކޮށްލާފައިވާއިރު ދެކެނު އެފްސީ އިންވަނީ އިތުރު ލަނޑައް ކާމިޔާބުކުރުމަށް ވަރަށް މަސައްކަތްކޮށްފައެވެ
މިރޭ ކުޅުނު މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ކެނެރީފް ޓިމަށް ދެ ލަނޑު ކާމިޔާބުކޮށްދިން ކުޅުންތެރިޔާ އިންޓޭއެވެ
މިރޭގެ މެޗު ފެށުމުގެ ކުރިން، ކުއްލިގޮތަކަށް ނިޔާވެފައިވާ ދެކުނު އެފްސީ ގެ ގޯލްކީޕަރު ޖަޒުލްގެ ހަނދާނުގައި ސުކޫތެއްނެސްފާއިވާއިރު ދެކުނު އެފްސީ އިންވަނީ ޖަޒުލްގެ ޖާޒީ އޭނާ ގެ މަންމަ އާއި ހަވާލުކޮށްފައެވެ