English Edition
Dhivehi Edition

އިންޑިއާގެ ކަޝްމީރުގައި ސަތޭކައަށް ވުރެ ގިނަ މީހުން އެއްފަހަރާ ކައިވެނިކޮށްފިއެވެ.

އިންޑިއާގެ އެކި ހިސާބުތަކުގައި ދިރިއުޅޭ ގިނަ އަދަދެއްގެ މީހުން ވަނީ މި ކައިވެނީގައި ބައިވެރި ވެފައެވެ. ކައިވެނި އިންތިޒާމް ކުރި ފަރާތުން ބުނެފައި ވަނީ މިއީ އިންޑިއާގައި ދިރިއުޅޭ ނިކަމެތީންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށެވެ.

މީގެ ކުރިންވެސް މިކަހަލަ ހަރަކާތެއް އިންޑިއާގައި ވަނީ ކުރިއަށް ގެންގޮސްފައެވެ. .އެގޮތުން 2015 ވަނަ އަހަރު 38 މީހުން ކައިވެނި ކޮށްފައި ވެއެވެ.2016 ވަނަ އަހަރު 70 މީހުން އަދި 2017 ގައި 75 މީހުން ވަނީ އެއްފަހަރާ ކައިވެނި ކޮށްފައެވެ.

ކޮންމެ ޖޯޑަ(ކަޕުލް)އަކުންވެސް ކައިވެނި ކުރަން އެދިގެން ހުށައެޅުމުން އިންތިޒާމު ކުރާ ފަރާތުން ވެރިފައި ކުރެއެވެ. ކައިވެނީގެ ކަންތަކާއި ހަފްލާއަށް ބޭނުންވާ ހުރިހާ ޚަރަދެއް ކުރަނީ ނަން ހާމަކުރަން ބޭނުން ނުވާ ފަރާއްތަކުން ދޭ ލާރިންނެވެ.