English Edition
Dhivehi Edition
ފޮޓޯ: ވޮއިސް އޮފް މީދޫ

އައްޑު ސިޓީ މީދޫ ގެ ގިރާ ސަރަހައްދުގައި، އޯޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓު ލޯނުގެ އެހީގައި ބޮޑު ހިލަޖެއްސުމައް ނިންމައިފިއެވެ

އައްޑޫ ސިޓީ މީދޫ ގެ ރަށް ގިރުމުގެ މައްސަލަ އިންތިހާއަށް ބޮޑުވެފައިވާއިރު މީދޫ ކޯގަންނު ސަރަހައްދު ވަރަށް ބޮޑަށް ގިރަމުންދާތީ ސަރުކާރުންވަނީ އެތަނަށް ވަގުތީ ހައްލެއް ހޯދައިދިނުމުގެ އަމަލީ މަސައްކަތް ފަށާފައެވެ. މި ގޮތުން އިއްޔެ އިން ފެށިގެން އެ ސަރަހައްދަށް ފަސް އަޅާ ގާ ޖަހަމުންދާއިރު މިކަމަށް ދާއިމީ ހައްލެއް ހޯދުމުގެ މަސައްކަތްދަނީ ކުރަމުންނެވެ

އޯޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓު ލޯނުގެ ގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓްތަކާ ބެހޭ މައުލޫމާތު ދެއްވަމުން އިންވަޔަރަމެން މިނިސްޓަރު ތޯރިގު އިބްރާހިމާއި ހައުސިންގް މިނިސްޓަރު މުހައްމަދު މުއިއްޒު ވިދާޅުވީ އެ ފައިސާއިން ޕްރޮޖެކްޓް ހިންގާނެ ރަށްރަށް ކަނޑައަޅާފައިވަނީ މިހާރު އެންމެ ބޮޑަށް ބަނދަރާއި ނަރުދަމާ އަދި ގޮނޑުދޮށް ހިމާޔަތް ކުރުމަށް ބޭނުންވާ ރަށްރަށް ބަލައިގެން ކަމަށެވެ. މި ގޮތުން ސ. މީދޫ ގެ އިތުރުން ށ. މަރޮށީގެ ގޮނޑުދޮށް ހިމާޔަތް ކުރުމަށް ނިންމާފައިވާއިރު ހދ. ނެއްލައިދޫ، ނޭކުރެންދޫ، މަކުނުދޫ، ށ. ފޭދޫ، ގދ. ވާދޫ އަދި ފިޔޯރީގެ ނަރުދަމާގެ މަސައްކަތް ކުރުމަށްވަނީ ނިންމާފައެވެ. މީގެ އިތުރުން އެ ފައިސާއިން ގއ. ކޮލަމާފުއްޓާއި، ގދ. ހޮޑެއްދޫ އަދި މަރަދޫ ފޭދޫގެ ބަނދަރު ހެދުމުގެ މަސައްކަތް ކުރުމަށްވަނީ ހަމަޖައްސާފައެވެ.

އޯޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓުން ރާއްޖެއަށް 40 މިލިއަން ޑޮލަރުގެ ލޯނު އެހީއެއް ދީފައިވާއިރު މީގެތެރޭން 20 މިލިއަން ޑޮލަރު ރަށްރަށުގެ ނަރުދަމާ ގާއިމް ކުރުމަށާއި ގޮނޑުދޮށް ހިމާޔަތް ކުރުމަށް ހަރަދު ކުރެއްވުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އަދި މި ފައިސާގެ ތެރެއިން ހައުސިންގް މިނިސްޓްރީގެ ޕްރޮޖެކްޓްތަކަށް ޖުމްލަ 13.5 މިލިއަން ޑޮލަރު ހަރަދު ކުރުމަށް ސަރުކާރުންވަނީ ނިންމާފައެވެ. މީގެ އިތުރުން މި ފައިސާގެ 6.5 މިލިއަން ޑިލަރު ފ. ނިލަންދޫގެ އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތަށް ހަރަދު ކުރުމަށް ހަމަޖައްސާފައިވާއިރު އެހުރިހާ ޕްރޮޖެކްޓެއްގެވެސް އަމަލީ މަސައްކަތް މި އަހަރުގެ ތެރޭގައި ފަށާނެ ކަމަށް މިނިސްޓަރު މުއިއްޒު ވަނީ ވިދާޅުވެފައެވެ