English Edition
Dhivehi Edition
ގައުމު އެފްސީ އަދި ޑީކޭ ސްޕޯރޓްސް ބައްދަލު ކުރި މެޗް--- ފޮޓޯ ލުބްނާ އޭއޯ ނިއުސް

މިނިވަންކަޕް 2018 ގައި ރޭ ކުޅުނު މެޗު 8 ލަނޑު 5 ލަނޑުން ޑިކޭ ސްޕޯޓްސް ކްލަބް ކާމިޔާބުކޮށްފިއެވެ

ރޭ ހުޅުދޫ ފުޓްސެލް ދަނޑުގައި ކުރިއަށް ދިޔަ މި މެޗު ޑީކޭ އިން ކާމިޔާބުކުރީ ގައުމު އެފްސީއާއި ބައްދަލުކޮށް ފަހަތުން އަރާ އެ ޓީމް ބަލިކުރުމަށްފަހުގައެވެ. ރޭގެ މެޗުގެ ފުރަތަމަ ލަނޑު މެޗުގެ ދެވަނަ މިނިޓްގައި ޑީކޭ ގެ އިއްމަ އެ ޓީމަށް ކާމިޔާބުކޮށްދިން އިރު މެޗުގެ ތިންވަނަ މިނިޓްގައި ގައުމު އެފްސީގެ ޝާކާ ވަނީ އެ ޓީމަށް ލަނޑެއް ކާމިޔާބުކޮށްދީފައެވެ.

މެޗުގެ ފުރަތަމަ ހާފްގައި ދެ ޓީމުންވެސް ގިނަ ހަމަލާތަކެއް އުފައްދާފައވާއިރުމެޗުގެ ދިހަވަނަ މިނިޓްގައި ޑިކޭ ޓީމްގެ ގަބޭ ވަނީ އެ ޓީމަށް އިތުރު ލަނޑެއް ކާމިޔާބުކޮށްދީފައެވެ. ޑިކޭގެ މި ލަނޑާއެކު މެޗުގެ ފޯރިއިތުރަށް ގަދަވެގެން ދިޔަ އިރު މެޗުގެ ބާރަވަނަ މިނިޓްގައި ޝާކާ ވަނީ އިތުރު ގޯލެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މި މެޗުގައި ގައުމު އެފްސީގެ ތިންވަނަ ލަނޑަކީ މެދު ރޮނގާ ހަމައިން އެ ޓީމުގެ ލިރު ފޮނުވާލި ބޯޅަ ގޯލަށް އަމާޒުވެ ކާމިޔާބުކުރެވުނު ގޯލެކެވެ. ޑީކޭ އިން މެޗުގެ ނަތީޖާ ހަމަހަމަކޮށްދިން ލަނޑަކީ މެޗުގެ ސާދަވަނަ މިނިޓްގައި އިއްމޭ އެ ޓީމަށް ކާމިޔާބުކޮށްދިން ލަނޑެކެވެ

މެޗުގެ ދެވަނަ ހާފްގައި ޑީކޭ އިން ކުޅުން ރަގަޅުކޮށްފައިވާއިރު މެޗުގެ ތޭވީސްވަނަ މިނިޓްގައި ސަމީން ވަނީ އެ ޓީމަށް ލަނޑެއް ކާމިޔާބުކޮށްދީފައެވެ. ސަމީންގެ ލަނޑާއެކު ގައުމު އެފްސީގެ ސޯބާ ވަނީ ހަމަ އެ މިނިޓްގައި އިތުރު ގޯލެއް ޖަހާ ނަތީޖާ ހަމަހަމަކޮށްފައެވެ. މެޗުގެ ވަރަށް ކައިރިކައިރީ ގައި ގިނަ ލަނޑުތަކެެއް ޑީކޭ އިން ޖަހާ ފައިވާއިރު ގައުމު އެފްސީ ވަނީ އެ ޓީމް ހިފެހެއްޓުމަށް މަސައްކަތްކޮށްފައެވެ. މެޗު ނިމެން ގާތްވެފައިވަނިކޮށް އިއްމަ ވަނީ ޑިކޭ އަށް ތިން ލަނޑު ކާމިޔާބުކޮށްދީ މެޗުގެ ލީޑް ވަރަށް ބޮޑަށް ފުޅާކޮށްފައެވެ. މެޗު ނިމެން ދެ މިނިޓަށް ވެފައިވަނިކޮށް ޑިކޭގެ ސިނާންވަނީ މެޗުގެ 8 ވަނަ ލަނޑު ޑީކޭ އަށް ކާމިޔާބުކޮށްދީފައެވެ. މި މެޗުގައި ގައުމު އެފްސީ އިން ޖެހި ފަސްވަނަ ލަނޑަކީ ލިބުނު ހިލޭ ޖެހުމެއްގައި މެޗުގެ އެންމެ ފަހު ވަގުތު ލިރު ކާމިޔާބުކޮށް ދިން ލަނޑެކެވެ.

 

މިރޭގެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޑީކޭ ގެ އިއްމޭ އެވެ.