English Edition
Dhivehi Edition

ރޭ ހުޅުދޫ ދަނޑުގައި، އެޗްއެސްސީގެ ފަރާތުން އިންތިޒާމް ކޮށްގެން ވަނީ ދަރުހެއް ބާއްވާފައެވެ.

ހުޅުދޫ ދަނޑުގައި މިވަގުތު ކުރިއަށްދާ މިނިވަންކަޕް މުބާރާތް އިންތިޒާމްކުރާ ފަރާތް ކަމަށްވާ އެޗްއެސްސީން އިސްނަގައިގެން ރޭ ބޭއްވި ދަރުސް ޒުވާނުންނަށް ޚާއްސަ ކޮށްފައިވާއިރު، މި ދަރުސް ދެއްވާފައިވަނީ ޝެއިޚް މުހައްމަދު ތޮއްޔިބް އެވެ.

މިނިވަންކަޕް މުބާރާތަކީ އަބަދުވެސް މުޖުތަމައު ހޭލުންތެރިކުރުމަށް އެ މުބާރާތުގެ ތެރެއިން އަހައްމިއްޔަތު ކަމެއްދީގެން ކުރިއަށް ގެންދާ މުބާރާތެކެވެ.

އެގޮތުން މިފަހަރު ސެމީ ފައިނަލަށްފަހު މެދުކެނޑިގެން އައި ދެ ދުވަހުގެ ބްރޭކްގައި ބޭއްވި ދަރުސްގައި ޝެއިޚް ތައްޔިބް ވަނީ ފަރުޟު ފަސްނަމާދުގެ މުހިންމު ކަމަށް އަލި އަޅުއްވައި އިސްލާމީ ތާރީޚުގެ ގިނަ ކަންކަމަށް އަލި އަޅުއްވައި ވާހަކަ ދައްކަވާފައެވެ.

އެޗްއެސްސީން ބުނީ މުބާރާތުގެ އެންމެ ބޮޑުއެއް މަގްސަދަކީ ފުޓުބޯޅަ ކުރިއަރުވައި އާލާކޮށް، އެ ކުޅިވަރުން އެއްބައިވަންތަކަން ގާއިމުކޮށް، އިޖުތިމާއީ ހޭލުންތެރިކަން އިތުރު ކުރުންކަމަށެވެ.

މިނިވަންކަޕް މިއަހަރުގެ ޝިއާރަކީ “ދުމާ ދުންފަތާ ދެން އެކީ ދުރުވަމާ” އެވެ.