English Edition
Dhivehi Edition

މިނިވަންކަޕް 2017 ގައި މަލްޓީ ޖީނިއަސް ސިޓީ އާއި ކެނެރީފު ބައްދަލުކުރި މެޗު 8 ލަނޑު 2 ލަނޑުން މަލްޓި ޖީނިއަސް ކާމިޔާބުކޮށްފިއެވެ. މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށްވެސް ވަނީ ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިފައެވެ. އެހެން ނަމަވެސް ފުރަތަމަ ހާފް ނިމިގެން ދިޔައީ ދެ ޓީމަށްވެސް ލަނޑެއް ކާމިޔާބު ނުކުރެވިއެވެ. މި މުބާރާތުގައި ކުޅުނު ހުރިހާ މެޗަކުން ބަލިވެފައިވާ ކެނަރީފަށް މި މެޗަކީ އެހާ މުހިއްމު މެޗަކަށް ނުވާއިރުވެސް އެ ޓީމުން ވަނީ މެޗުގައި މޮޅުވުމަށްޓަކައި ގިނަ މަސައްކަތަކެއް ކޮށްފައެވެ. މެޗުގެ ދެވަނަ ހާފްގައި މލްޓި ޖީނިއަސް އިން ވަނީ ގިނަ ގޯލުތަކެއް ޖަހާފައެވެ. މި ގޮތުން މެޗުގެ އެކާވީސްވަނަ މިނިޓްގައި އެ ޓީމުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނީ އިބްރާހީމް ޝަނީޒުއެވެ. މި ލަނޑާއެކު މެޗުގެ ދެވަނަ ލަނޑު ހަސަން އިރުފާނު ޖަހ އިރު އޭގެ އެއް މިނިޓް ފަހުން އަހްމަދު މުހައްމަދު ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށްދީ މެޗުގެ ލީޑު ފުޅާކޮށްފައެވެ.މި މެޗުގެ ދޭވިސް ވަނަ މިނިޓާއި ސައުވީސް ވަނަ މިނިޓްގައި އިންޝަލް ޖަހާދިން ދެ ގޯލާއެކު މަލްޓި ޖީނިއަސް އިން ވަނީ ފަސް ލަނޑު ކާމިޔާބުކޮށް ހަމަޖެހިލާފައެވެ. މި މެޗުގައި އިންޝަލް އާއި ޝާނިޒް ކޮންމެ ކުޅުންތެރިއަކަށް އެއް ލަނޑު ޖަހާފައިވާއިރު މެޗު ނިމެން ތިން މިނިޓަށްވެފައިވަނިކޮށް ޝާނިޒް ޖަހާދިން ލަނޑާއެކު އެ ޓީމުން ވަނީ ޖުމްލަ 8 ގޯލު ޖަހާފައެވެ.ކެންރީފު ޓީމުން ކާމިޔާބުކުރި ދެ ލަނޑު އެ ޓީމަށް ޖަހައިދިނީ އަބްދުއްﷲ ޝިފާޒު(ޓޮއްޕެ) އެވެ މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މަލްޓި ޖީނިއަސް ގެ އިންޝަލްއެވެ. މި މުބާރާތުގައި ކެނެރީފުގެ ކުޅުމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ކޯޗު ބުނެފައިވަނީ ޓީމުގެ ކުޅުން މޮޅުކަމުގައެވެ. އަދި ނަތީޖާ ނުނެރެވެނީ ލިބުނު ފުރުސަތު ތަކުގެ ބޭނުން ނުހިފުމާއެކު ކޮންފިޑެންސް ނެތުމުން ކަމުގައެވެ. މި މުބާރާތުން ޓީމު ކަޓައިގެން ދިޔަ ކަމުގައި ވިޔަސް ކުރިއަށް އޮތް އަހަރު މުބާރާތަށް މިއަށްވުރެ ބޮޑަށް ތައްޔާރުވެ ޓީމު ރަގަޅު ކުރާނެ ކަމަށް ކޯޗުވަނީ ބުނެފައެވެ. މުބާރާތުގެ ބައިވެރިވެފައިވާ ޓީމުތަކާއި ބެހޭ ގޮތުން ވާހަކަ ދައްކަމުން ކޯޗު ބުނެފައިވަނީ ހުރިހާ ޓީމެއްވެސް ވަރަށް މޮޅުކަމުގައެވެ. އަދި މިހާތަނަށް ކުޅުނު މެޗުތަކަށް ބަލާއިރު އެންމެ ރަގަޅު ކުޅުމެއް ދައްކާފައިވަނީ މަރަދޫ އެފްސީ ކަމުގައި ކޯޗު ވަނީ ބުނެފައެވެ. މި މުބާރާތުގެ ސެމީގެ ޖާގަ ލިބޭ ދެ ޓީމަކި ކޮބައިކަން މާދަމާ ރޭ ކުޅޭ މެޗަށްފަހު އެގިގެންދާނެއެވެ