English Edition
Dhivehi Edition

ސ. ހުޅުމީދޫ ފިޝަރީޒް ކޮމްޕްލެކްސްއިން ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ތަކެތި ހޯދައި ދެމީހުން ހައްޔަރުކޮށްފިއެވެ.

ސ. ހުޅުމީދޫ ފިޝަރީޒް ކޮމްޕްލެކްސްއިން ވައްކަން ކޮށްފައިވާކަމަށް ހުޅުމީދޫ ޕޮލިސް ސްޓޭޝަނަށް މައްސަލަ ހުށަހެޅިފައިވަނީ ޖުލައި 15ވަނަ ދުވަހު ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ ވައްކަމުގެ ތުހުމަތުގައި ހުޅުމީދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ 22 އަހަރުގެ މީހަކާއި 32 އަހަރުގެ މީހެކެވެ. މީގެ އިތުރުން ފުކުހުން ވިދާޅުވީ ހުޅުމީދޫ ފިޝަރީޒް ކޮމްޕްލެކްސްއިން މިދެމީހުން ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ސިލިކޯން ޓިއުބް ފޮށި ހޯދައި ވެރިފަރާތާއި މިހާރުވަނީ ހަވާލުކޮށްފައެވެ.

މިމައްސަލައިގައި ހައްޔަރު ކޮށްފައިވާ ދެމީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ސ. ހުޅުމީދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބޭތިއްބުމަށް 15 ދުވަހުގެ މުއްދަތެއްވަނީ ދީފައެވެ.

މިމައްސަލަ ސ. ހުޅުމީދޫ ޕޮލިސް ސްޓޭޝަނުންދަނީ ތަޙުޤީޤު ކުރަމުންނެވެ.