English Edition
Dhivehi Edition

އައްޑޫ ސިޓީ ހުޅުމީދޫ ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންދިޔަ ‘މި ބޮޑު ޗުއްޓީގައި ފަތަން ދަސްކޮށްލަމާ’ ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

އިއްޔެ ސ.އަތޮޅު މަދަރަސާގައި ބޭއްވި ‘މި ބޮޑު ޗުއްޓީގައި ފަތަން ދަސްކޮށްލަމާ’ ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އައްޑޫ ސިޓީގެ މޭޔަރ އަލީ ނިޒާރެވެ. އިއްޔެ ބޭއްވި ހަފްލާގައި މި ޕްރޮގްރާމްގައި ބައިވެރިވި ހުރިހާ ދަރިވަރުންނަށް ހަނދާނީ ލިޔުމާއި މެޑެލް ދީފައިވާއިރު ހުޅުމީދޫ ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންދިޔަ ކުރެހުމުގެ މުބާރާތުގައި ބައިވެރި ދަރިވަރުންނަށްވެސް ވަނީ ހަނދާނީ ލިޔުމާއި ފައިސާގެ އިނާމް ހަވާލުކޮށްފައެވެ.

May be an image of 1 person, standing and indoor

ޖުލައި މަހުގެ 12 ވަނަ ދުވަހުން ފެށިގެން 06 އޮގަސްޓާއި 2021 ގެ ނިޔަލަށް ކުރިއަށް ދިޔަ މި ޕްރޮގްރާމްގައި ޖުމްލަ 140 ދަރިވަރަކު ވަނީ ބައިވެރިވެފައެވެ. އަދި ޖުމްލަ 120 ކުދިން މި ޕްރޮގްރާމް ނިންމާފައިވާއިރު، 111 ކުދިން ވަނީ ފަތަން ދަސްކޮށް، ފާސްވެފައެވެ.

މި ހަފްލާގައިި ވާހަކަދައްކަމުން ހުޅުމީދޫ ޕޮލިސް ސްޓޭޝަންގެ އިންޗާޖް، ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އާދަމް މުއީން ވިދާޅުވީ މި ޕްރޮގްރާމް ކުރިއަށް ގެންދިއުމުގެ އެންމެ ބޮޑު އެއް މަގްސަދަކީ ކޮވިޑް19 ގެ ސަބަބުން ކުދިންނަށް އެއްވެސް ތަނަކަށް ނުދެވި ގޭގައި ބަންދުވެ ގިނަ ދުވަސްތަކެއް ވުމުގެ ސަބަބުން، އެ ކުދިންނަށް ބޮޑު ޗުއްޓީ ހެޔޮ ގޮތޮގައި ބޭނުން ކުރެވޭނެ ފައިދާ ހުރި ހަރަކާތްތަކެއް ކުރިއަށް ގެންދިއުމުގެ މަގްސަދުގައި ބޭއްވި ޕްރޮގްރާމެއްކަމަށެވެ. އަދި މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް އެހީތެރިވި ފަރާތްތަކަށް އާދަމް މުއީން ޝުކުރު ދަންނަވާފައިވާއިރު ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމް ސްޕޮންސާރ ކޮށްފައިވަނީ ކެއިތް ސްޓޫޑިއޯ އިންނެވެ. އަދި ކުރެހުމުގެ މުބާރާތް ސްޕޯންސަރ ކޮށްފައިވަނީ ހޯމް ފިކްސް އިންނެވެ.

May be an image of 2 people, people standing and indoor

ހުޅުމީދޫ ޕޮލިސް ސްޓޭޝަނުން އިސްނަގައިގެން މީގެ ކުރިންވެސް މިފަދަ ގިނަ ޕްރޮގްރާމްތަކެއް ހިންގާފައިވާއިރު އެ މުއައްސަސާއަކީ ރަށުގެ ޖަމްމިއްޔާ ޖަމާއަތްތަކާއި ގުޅިގެންވެސް އިޖުތިމާއީ ގިނަ މަސައްކަތްތަކެއް ކުރަމުންދާ މުވައްސަސާއެކެވެ.