English Edition
Dhivehi Edition

އިދިކޮޅު ކޯލިޝަންގެ ސަރުކާރެއްގެ ފުރަތަމަ ދުވަހު ނުހައްގުން ޖަލަށްލާފައިވާ ހުރިހާ ސިޔާސީ ބޭފުޅުން ދޫކޮށްލައްވާނެ ކަމަށް ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ ވިދާޅުވެއްޖެ އެވެ

އައްޑޫ ސިޓީ، މަރަދޫއަށް ވަޑައިގެން އެ ރައްޔިތުންނާ މުހާތަބު ކުރައްވާ ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ،ސަރުކާރުގެ އަމަލުތައް ހުރި ގޮތުން ގިނަ ބަޔަކު އުޅެމުން ދަނީ ބިރުވެރިކަމެއްގެ ތެރޭގަ ކަމަށެވެ.އަދި ސަރުކާރުގެ ނުވަތަ ސަރުކާރުގެ ހިއްސާވާ ކުންފުންޏެއްގެ މުވައްޒަފަކަށް އެ މުވައްޒަފަކު ލޯބިކުރާ ޕާޓީއަށް ތާއިދުކުރުމުގެ ހައްގު ވެސް ނެތް ކަމަށް އިބޫވަނީ ފާހަގަކޮށްފައެވެ

ޖަލަށްލާފައިވާ ސިޔާސީ ކުށްވެރިންނާއި ބެހޭ ގޮތުން ވާހަކަދައްކަވަމުން އިބޫ ވިދާޅުވީ އިދިކޮޅު ޕާޓީތަކުގެ ލީޑަރުންނަށް ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެވޭނެ ސިޔާސީ ސަބަބުތަކެއް ރައީސް އަބްދުﷲ ޔާމީން އުފައްދަވާފައިވާ ކަމަށާއި އެހެން އެކަން އޮއްވާ ބާއްވާ އިންތިހާބަކީ މިނިވަން އިންސާފުވެރި އިންތިހާބެއް ކަމަށް ނުބުނެވޭނެ ކަމަށެވެ

މީގެ އިތުރުން އިބޫ ވިދާޅުވީ ގުޅިފައިވާ ކޯލިޝަނުން ކުރަމުންދާ މަސައްކަތަކީ ގައުމީ މަސައްކަތެއް ކަމަށާއި އެއީ ސިޔާސީ މަސައްކަތެއްނަމަ އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އާއި ރައީސް މައުމޫން އަދި އަދާލަތު ޕާޓީ ވެސް އެކުގައި ނޯންނާނެ ކަމަށެވެ.