English Edition
Dhivehi Edition

ދާދި ފަހުން ޗެލްސީގެ ކޯޗުގެ މަގާމުން ދުރުކުރި އެންޓީނޯ ކޮންޓޭގެ ބަދަލުގައި ނަޕޯލީގެ ކުރީގެ ކޯޗު ސަރީ ޗެލްސީގެ ކޯޗުކަމުގެ މަގާމަށް ހަމަޖައްސައިފި އެވެ.

ޗެލްސީގެ ކޯޗު ކަމުގެ މަގާމުން ހުސްވެފައިވަނީ މިދިޔަ ހުކުރު ދުވަހު އެ މަގާމުގައި ކުރިން ހުރި އެންޓޯނިއޯ ކޮންޓޭ މަގާމުން ވަކި ކުރުމާ ގުޅިގެންނެވެ. ކޮންޓޭ ކޯޗުކަމުން ވަކިކޮށްފައިވަނީ މިދުޔަ ސީޒަންގައި ނެރުނު ދަތް ނަތީޖާ ތަކުގެ ސަބުންނެވެ.ކޮންޓޭ މަގާމުން ވަކިކޮށްފައިވާއިރު އޭނާގެ ކޮންޓްރެކްޓުގައި ބާކީ 12 މަސް ދުވަހު އެބައޮތެވެ.

ކުރިން އިޓަލީގެ ނަޕޯލީ އަށް ކޯޗުކޮށްދިން ސާރީ ޗެލްސީގެ ކޯޗުކަމާ ހަވާލުވީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން 17.8 މިލިއަން ޕައުންޑްއަށެވެ.

އުމުރުން 59 އަހަރުގެ ސާރީ ވަނީ ނަޕޯލީގައި ތިން އަހަރު ދުވަހު ކޯޗު ކަންކޮށްދީ އިޓާލިއަން ލީގު ދެ ފަހަރެއްގެ މަތިން ދެވަނައިގައި އޮވެ ނިންމާލާފައެވެ.

ސާރީ އަކީ ޗެލްސީގެ ކްލަބުގެ ކޯޗުކަމާއި ހަވާލުވި 13 ވަނަ ފަރާތެވެ.

ސާރީ ޗެލްސީ އަށް ބަދަލުވިއިރު ނަޕޯލީން ވަނީ އެ ކްލަބުގެ ކޯޗުކަމަށް ކާލޯ އެންޗެލޯޓީ ހަމަޖައްސާފައެވެ.

 

ޓެގު