ފީފާ ވޯލްޑް ކަޕް 2018ގެ ތިން ވަނަ އިންގްލޭންޑް ބަލިކޮށް ބެލްޖިއަމް ހޯދައިފިއެވެ.
ދުނިޔޭގެ އެންމެ ޝަރަފުވެރި ފުޓްބޯޅަ މުބާރާތް ކަމުގައިވާ ފީފާ ވޯލްޑް ކަޕުގެ ތިން ވަނަ ހޮވާ ޓީމް ބެލުމަށް އިއްޔެ ކުޅުނު މިމެޗް ބެލްޖިއަމް ކާމިޔާބުކޮށްފައިވަނީ 2-0 ލަނޑުގެ ނަތީޖާއަކުންނެވެ.
ރޭ ކުޅުނު މިމެޗުގައި ބެލްޖިއަމްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު ބެލްޖިއަމް އިން ވަނީ މެޗުގެ 4 ވަނަ މިނެޓުގައި ތޯމަސް މިއުނިއާ ކާމިޔާބު ކުރި ލަނޑުން މެޗުގެ ލީޑު ނަގާފައެވެ.
މި ލަނޑަށް ފަހު ވެސް ބެލްޖިއަމްގެ ފަރާތުން ލަނޑު ޖަހާނެ ގިނަ ފުރުސަތުކައެއް ހޯދާފައެވެ. އެހެން ނަމަވެސް ބެލްޖިއަމްއަށް ވަނީ ފުރަތަމަ ހާފްގައި އިތުރު ގޯލެއް ކާމިޔާބު ކުރެވޭ ގޮތް ނުވެފައެވެ.
މެޗުގެ ފުރަތަމަ ހާފާއި ހިލާފަށް ދެވަނަ ހާފްގައި އިންގްލޭންޑުން ކުޅުން ރަނގަޅު ކުރިއިރު މި ހާފުގައި އެޓީމުން ވަނީ ގޯލްޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. މި ފުރުސަތު ތަކުގެ ބޭނުން ނުހިފުމުގެ ނަތީޖާއަކަށް ވީމެޗުގެ ދެވަނަ ހާފުގެ ފަހުކޮޅު އިތުރު ލަނޑަކާއެކު ބެލްޖިއަމް މެޗުގެ ލީޑު ފުޅާކުރުމެއވެ. އެޓީމަށް ލީޑު ފުޅާކޮށްދިނީ އީޑަން ހަޒާޑެވެ.
މެޗުން މޮޅުވެ ބެލްޖިއަމް ވޯލްޑް ކަޕުގެ ތިން ވަނަ ހޯދިއިރު މިއީ ފަހުގެ ތާރީހެއްގައި އެޓީމުން ވޯލްޑް ކަޕެއްގައި މިވަރުގެ ކާމިޔާބީއެއް ހޯދި ފުރަތަމަ ފަހަރެވެ. މި މެޗުން ބަލިވެ އިނގިރޭސިން ވޯލްޑް ކަޕުގެ ހަތަރު ވަނަ ހޯދިއިރު މިއީ އެޓީމު ވެސް ވޯލްޑް ކަޕުގެ ގަދަ ހަތަރަކުން ޖާގަ ހޯދާފައިވަނީ ގިނަ ދުވަސްތަކަކަށްފަހު އެވެ.