English Edition
Dhivehi Edition

ދުނިޔޭގެ އެންމެ ޝަރަފުވެރި ފުޓް ބޯޅަ މުބާރާތް “ފީފާ ވޯލްޑް ކަޕް”ގެ ރަން ބޫޓު އިންގްލޭންޑްގެ ޒުވާން ފޯވާޑް ހެރީ ކޭން ހޯދައިފި އެވެ.

މިދިޔަ ސީޒަންގައި ޕްރިމިއަ ލީގުގެ ވެސް އެންމެ ގިނަ ލަނޑު ކާމިޔާބުކޮށްފައިވާ ކޭން ފީފާ ވޯލްޑް ކަޕް 2018 ގެ ރަން ބޫޓު ހޯދީ މުބާރާތުގައި އޭނާ ކާމިޔާބު ކުރި 6 ލަނޑާއެކު އެވެ.

މިމުބާރާތުގައި 6 ލަނޑު ކާމިޔާބުކޮށް ކޭން އެންމެ ގިނަ ލަނޑު ޖާހާ ކުޅުންތެރިއަކަށް ދޭން ރަން ބޫޓު ހޯދާފައިވާއިރު އޭނާ އާއި އެންމެ ގާތުން ރަން ބޫޓަށް ވާދަކޮށްފައިވަނީ ފްރާންސްގެ އެމްބާޕޭ އާއި ގްރީޒަމްންގެ އިތުރުން ބެލްޖިއަމްގެ ލުކާކޫ އެވެ. މި ތިން ކުޅުންތެރިންނަށް ވެސް ކާމިޔާބު ކުރެވިފައިވަނީ 4 ލަނޑެވެ.

މިމުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ލިސްޓުގައި ހިމެނު ފްރާންސްގެ ކިލިއަން އެމްބާޕޭ ވަނީ އެންމެ މޮޅު ޒުވާން ކުޅުންތެރިއަކަށް ހޮވިފައެވެ.އަދި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދާފައިވަނީ ކޮރޭޝިއާގެ ލުކާ މޮޑްރިޗް އެވެ.