English Edition
Dhivehi Edition

ރަޝިޔާގައި ނިމިގެންދިޔަ ކުރިއަށް ދިޔަ ދުނިޔޭގެ އެންމެ ޝަރަފުވެރި ފުޓްބޯޅަ މުބާރާތް ކަމުގައިވާ ފީފާ ވޯލްޑް 2018ގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ކްރޮއޭޝިއާގެ ކެޕްޓަން ލޫކާ މޮޑްރިޗް ހޯދިއިރު ޒުވާން އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ޕީއެސްޖީއަށް ކުޅޭ ފްރާންސްގެ ކިލިއަން އެމްބާޕޭ ހޯދާއިފިއެވެ.

ވޯލްޑް ކަޕްގެ މޮޅު ކުޅުންތެރިޔާއަށް ދޭ “ގޯލްޑެން ބޯލް” މޮޑްރިޗް އާއި ހަވާލުކޮށްފައިވަނީ ފްރާންސް އާއި ކްރޮއޭޝިޔާ ކުޅުނު ފައިނަލް މެޗަށްފަހު ބޭއްވި ރަސްމިއްޔާތުގައެވެ.

ރަޝިޔާގައި ކުރިއަތް ދިޔަ ވޯލްޑް ކަޕް ފުޓް ބޯޅަ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު މޮޑްރިޗް ހޯދާފައިވާއިރު މުބާރާތުގެ ދެވަނަ އަށް އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވަނީ ބެލްޖިއަމްގެ އެޑެން ހަޒާޑް ހޯދިއިރު ތިން ވަނަ ހޯދާފައިވަނީ ފައިނަލް މެޗުގައި މޮޅު ކުޅުމެއް ދެއްކި ފްރާންސްގެ އެންޓީނޯ ގްރައިޒްމަންއެވެ.

ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު މޮޑްރިޗް ހޯދާފައިވާއިރު އޭނާ ވަނީ ކްރޮއޭޝިޔާ ފައިނަލާއި ހަމައަށް ކްރޮއޭޝިއާ ގެންގޮސްދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. އޭނާ ވަނީ ކްރޮއޭޝިޔާ ކުޅުނު 7 މެޗުގެ ތެރެއިން ތިން މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައެވެ.

ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ މޮޑްރިޗް އަކީ ކްރޮއޭޝިއާގެ ތާރީހުގައި ވެސް ވޯލްޑް ކަޕެއްގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ފުރަތަމަ ކުޅުންތެރިޔާއެވެ.

މޮޅު ކުޅުންތެރިޔާގެ މަގާމު މޮޑްރިޗް ހޯދިއިރު މުބާރާތުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމު ހޯދީ ފްރާންސްގެ އުމުރުން 19 އަހަރުގެ ފޯވާޑް ކިލިއަން އެމްބާޕޭއެވެ. އެމްބާޕޭ އަށް މި އެވޯޑު ލިބުނުއިރު އޭނާ ވަނީ މުބާރާތުގައި ހަތަރު ގޯލު ކާމިޔާބުކޮށްފައެވެ.

ވޯލްޑް ކަޕްގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އެމްބާޕޭ ވަނީ ފައިނަލްގައި 4-2 ލަނޑުން ކްރޮއޭޝިޔާ މޮޅުވި މެޗުގައި ގޯލެއް ކާމިޔާބުކޮށްފައެވެ.މި ގޯލާއެކު އެމްބާޕޭ ވެގެން ގޮސްފައިވަނީ ވޯލްޑް ކަޕެއްގެ ފައިނަލެއްގައި ގޯލެއް ކާމިޔާބުކުރި ދެވަނަ އަށް އެންމެ ހަނގު ކުޅުންތެރިޔާއަށެވެ. ވޯލްޑް ކަޕެއްގެ ފައިނަލެއްގައި މިހާތަނަށް ގޯލެއް ކާމިޔާބުކުރި އެންމެ ހަނގު ކުޅުންތެރިއަކީ ބްރެޒިލްގެ ލެޖެންޑް ޕެލޭއެވެ.

މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އަށް ދޭ “ރަންބޫޓު” އިންގްލޭންޑްގެ ކެޕްޓަން ހެރީ ކޭން އަށް ލިބުނުއިރު އޭނާ ވަނީ މުބާރާތުގައި ހަ ގޯލު ކާމިޔާބުކޮށްފައެވެ. އަދި މުބާރާތުގެ އެންމެ މޮޅު ކީޕަރަކަށް ހޮވުނީ ބެލްޖިއަމްގެ ކީޕަރު ތިބޯ ކޯޓުއާއެވެ