English Edition
Dhivehi Edition

މިއަހަރު މެއި މަހުގެ 19 ވަނަ ދުވަހު، އިނގިރޭސިވިލާތުގެ ޕްރިންސް ހެރީ އާއި ހޮލީވުޑްގެ ބަތަލާ މޭގަން މާކަލްގެ ކައިވެންޏަކީ މުޅި ދުނިޔެ އެކަމަކަށް ވަރަށް ބޮޑު ސަމާލުކަމެއް ދިން ކައިވެންޏެކެވެ

ޕްރިންސް ހެރީ އާއި މޭގަން މޭކަލްގެ ކައިވެނީގެ ރަސްމިއްޔާތު ލަންޑަންގެ ވިންޑްސާ ގަނޑުވަރުގެ ޖޯޖް ޗަޕެލްފައި ބާއްވައިފައިވާއިރު މި ހަފުލާގައި ޝާހީ އާއިލާގެ އިސް ފަރާތްތަކުގެ އިތުރުން ދުނިޔޭގެ މަޝްހޫރު ފަރާތްތައް ވަނީ ބައިވެރިވެފައެވެ. މި ކައިވެނީގެ ވާހަކަ އެންމެ އަޑު ހަރުކޮށް ދެކެވުނު ދުވަސްވަރު މޭގަން ބަނޑުބޮޑުކަމަށްވެސް ވަރަށް ގިނަ މީޑިއާތަކުންވަނީ ބުނެފައެވެ. އަދި ޝާހީ އާއިލާއިން މޭގަން އާއި ހެރީ އަށް ދަރިއަކު ލިބެން އުޅޭކަން އިއުލާން ކުރަނެ ވަގުތަކަށް ގިނަ ބަޔަކުވަނީ އިންތިޒާރުކޮށްފައެވެ.

ހެރީ އާއި މޭގަންގެ ކައިވެންޏަށް ދެ މަސް ވެފައިވާއިރު ޝާހީ އާއިލާއިން އަދި މޭގަން ގެ އާއިލާއިންވެސް އޭނާ ބަނޑުބޮޑުކަން ހާމަކޮށްފައިނުވާއިރުހެރީ އާއި ކުރި ސުވާލަށް ޖަވާބު ދެމުން އެނާ ބުނެފައިވަނީ މާ ގިނަ ދަރިން ހޯދުމުގެ ހިޔާލެއް އެމީހުންގެ ނެތްކަމަށެވެ. މީގެ އިތުރުން ހެރީ ބުނެފައިވަނީ އޭނާ ކުޑަކުދިން ދެކެ ވަރަށް ލޯބިވާ ކަމަށާއި ފިޔަވަޅަކަށްފަހު ފިޔަވަޅެއް އަޅަމުން ގޮސް އެމީހުންވެސް އަދި ދަރިން ހޯދާނެކަމަށެވެ

ހެރީ އެހާ ގިނަ ކުދިން ހޯދަން ބޭނުންނުވާކަމަށް ބުނެފައިވާއިރު އޭނާގެ ބޭބެ ވިލިއަމްއަށް މިހާރުވަނީ ތިން ކުދިން ލިބިފައެވެ