އައްޑޫސިޓީ ހިތަދޫގައި ހުންނަ އައްޑޫސިޓީ ކައުންސިލް އިދާރާ ހިންގަމުން އަންނަ އިމާރާތް ހައުސިން މިނިސްޓްރީއާ ޙަވާލުކުރުމަށް އަންގައިފިއެވެ.
ހަތް ދުވަހުގެ ތެރޭގައި އެތަން މިނިސްޓްރީއާ ހަވާލުކުރަން އެންގީ، އައްޑޫ ސިޓީ ކައުންސިލްގެ މަސައްކަތް އެހެން ތަނަކަށް ބަދަލުކުރާ ގޮތަށް ކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ.
ހައުސިން މިނިސްޓްރީގެ އެގްޒެކެޓިވް ކޯޑިނޭޓަރު އަބްދުﷲ ޒުހައިރު (އަބުހަރީ ޒުހައިރު) ވިދާޅުވީ ކައުންސިލް އިދާރާ ހިންގަމުންދާ އިމާރާތް ހައުސިން މިނިސްޓްރީ އާއި ހަވާލު ކުރުމަށް މިނިސްޓްރީން ފޮނުވި ސިޓީއެއް ލިބިފައިވާ ކަމަށެވެ ނަމަވެސް އައްޑޫސިޓީގެ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) ވިދާޅުވެފައި ވަނީ ކައުންސިލް އިދާރާ ހައުސިން މިނިސްޓްރީއާ ހަވާލުކުރަން ރަސްމީކޮށް ކައުންސިލަށް އަދި އަންގާފައި ނެތް ކަމަށާއި އެކަހަލަ ކަމެއް އުޅޭކަން އެނގިވަޑައިގަތީ މީޑިއާ އިން ކަމަށެވެ.
ޖުލައި 10ވަނަ ދުވަހުން ފެށިގެން 7 ދުވަހުގެ ތެރެގައި އިމާރާތް ހައުސިން މިނިސްޓްރީ އާ ހަވާލުކުރުމަށް އަންގާފައިވާއިރު އެ އިމާރާތުގައި ސަރުކާރުގެ ބައެއް އޮފިސްތަކުގެ ޔުނިޓްތައް ވެސް ހިންގަ އެވެ. އޭގެ ތެރޭގައި އިސްލާމިކް މިނިސްޓްރީގެ އައްޑޫ ޔުނިޓާއި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ އައްޑޫ ބްރާންޗް ހިމެނެ އެވެ.
ހައުސިން މިނިސްޓްރީން ބުނީ ހަތް ދުވަހުގެ ތެރޭގައި އެތަން މިނިސްޓްރީއާ ހަވާލުކުރަން އެންގީ، އައްޑޫ ސިޓީ ކައުންސިލްގެ މަސައްކަތް އެހެން ތަނަކަށް ބަދަލުކުރާ ގޮތަށް ކަމަށެވެ.
.