English Edition
Dhivehi Edition

ޑރ. މުހައްމަދު ޝައިނީގެ ފާޑުކިޔުންތައް ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމަށް އަމާޒުވެއްޖެއެވެ. ޝައިނީ ކުރެއްވި ޓުވިޓެއްގައި މިހާރު މާލޭގައި ހިނަގަމުންދާ ހަމަނުޖެހުންތަކަށް އަމާޒުކޮށް މައުމޫނު އަބްދުލް ގައްޔޫމަށްވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ޝައިނީ ކުރެއްވި ޓްވިޓެއްގައި މައުމޫނަށް ޓެގް ކުރައްވާ ވިދާޅުވެފައިވަނީ ވެރިކަމުގެ ދަހިވެތި ކަމުގައި ގައުމު ހަލަބޮލި ކުރުމަށް ޒުވާނުންގެ ފުރާނަ ދުއްވާލާ ތަންތަނުގައި ރޯކޮށްލުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫންކަމުގައެވެ. ޑރ. ޝައިނީގެ ފާޑުކިޔުންތަކަށް ރައީސް މައުމޫނު އަދި އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެ އެވެ. މިދިޔަ ހަފްތާއެއްހާ ދުވަސްތެރޭގައި މާލޭގައި ވަނީ ސިލްސިލާކޮށް ފަސް މާރާމާރީ ހިންގާފަ އެވެ. މި މާރާމާރީތަކުގައި ހަތް މީހަކަށް އަނިޔާވެފައިވާއިރު ދެ ޒުވާނަކު ވަނީ މަރުވެފަ އެވެ. މި މައްސަލައިގައި އަދި އެއްވެސް ފަރާތެއް ހައްޔަރުކޮށްފައި ނުވާއިރު ގޭންގް މާރާމާރީ ހުއްޓުވައި، ސިލްސިލާ ގޮތެއްގައި ކުރިއަށްމިދާ ގަތުލްތައް ހުއްޓުވަން ފުލުހުންނާއި ހޯމް މިނިސްޓްރީން ވަގުތުން ވަގުތަށް ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ގިނަ ބަޔަކުވަނީ ގޮވާލާފައެވެ