English Edition
Dhivehi Edition

ކުރީގެ ރައީސްކަން ކޮށްފައި ހުންނެވި ބޭފުޅެއް ކަމުގައި ވިޔަސް ގާނޫނަށް ވުރެ މަތީގައި ނުހުންނެވޭނެކަން އެނގިވަޑައިގަންނަވަން ޖެހޭކަމަށް ފިޝަރީޒް މިނިސްޓަރ މުހައްމަދު ޝައިނީ ވިދާޅުވެއްޖެއެެވެ

ރައީސްކަން ކޮށްފައިވާ މީހަކަށްދޭންޖެހޭ ރައްކާތެރިކަން ކުރީގެ ރައީސް މައުމޫން އަށާއި އެ މަނިކުފާނުގެ އާއިލާއަށް ނުދެއްވާ ކަމަށް ތުހުމަތުކުރައްވާ އެ މަނިކުފާން ކުރައްވާފައިވާ ޓްވިޓަށް ރައްދު ދެއްވަމުން ޝައިނީ ވަނީ ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް ހިމާޔަތާއި ރައްކާތެރިކަން ލިބިދެވޭ ޤާނޫނުން ބަޣާވާތް ކުރަން ގޮވާލުން ހުއްދަ ކޮށްފައި ވޭތޯ ސުވާލުކުރައްވާފައެވެ. އާދިއްތަދުވަހު ޝައިނީ ކުރެއްވި ޓުވިޓުގައި ވިދާޅުވީ ރައީސްކަން ކޮށްފައި ހުއްޓަސް ގާނޫނަށް ވުރެ މަތީގައި ނުހުންނެވޭނެކަން ވިސްނިވަޑައިގަންނަވަންވީ ވަގުތަކީ މިއީކަމަށް ވިދާޅުވެފައެވެ

ހޮނިހިރު ދުވަހު ރައީސް މައުމޫން ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ އެމްއެންޑީއެފުން އެމަނިކުފާނުގެ ދެ ކަނބަލުންނަށް ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދޭންވާނެ ކަމަށާއި އެހެން އެކަން އޮންނަ އިރު ފުލުހުން އެމަނިކުފާނުގެ ގެކޮޅަށް ވަދެ އާއިލާގެ ސަލާމަތަށް ނުރައްކާ ވިޔަދެނީ ކީއްވެތޯ ސުވާލުކުރައްވާފައެވެ