English Edition
Dhivehi Edition

ސިޔާސީ ޕާޓީތަކުގެ މަޝްވަރާތައް ފަށަން ސަރުކާރުން ދައުވަތު ދެއްވާ ކަމަށް، ސިޔާސީ މަޝްވަރާތަކަށް ސަރުކާރުން ކަނޑައަޅުއްވާފައި ހުންނަވާ އެންމެ އިސް މަންދޫބު، ފިޝަރީޒް މިނިސްޓަރ ޑރ.މުހައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ސިޔާސީ މަސްރަޙްގައި ހުރި ނުތަނަވަސްކަމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ސަރުކާރުން ވަނީ އިދިކޮޅު ފަރާތްތަކަށް މަޝްވަރާގެ މޭޒަށް ވަޑައިގަތުމަށް ގޮވާލައްވާފައެވެ.

ޝައިނީ ވިދާޅުވީ، ބަޣާވާތަކުން ޤާނޫނީ ސަރުކާރު ވައްޓާލުމަށް މަސައްކަތްކުރި ހެކިތައް ފުލުހުން ހާމަކުރުމުން ސިޔާސީ މައްސަލަތައް ހައްލުކުރުމަށް ސަރުކާރާއެކު މަޝްވަރާކުރުމަށް އިދިކޮޅު ފަރާތްތަކުން ބޭނުންވާކަމަށް ޤަބޫލްކުރެވޭކަމަށެވެ. އެހެންކަމުން މަޝްވަރާތައް ފެށުމަށް ސަރުކާރުން ދައުވަތުދޭކަމަށް ޝައިނީ ވިދާޅުވިއެވެ.

މީގެ ކުރިން ވެސް ސަރުކާރުން ވަނީ ސިޔާސީ މައްސަލަތައް ހައްލު ކުރަން އެތައް ފަހަރެއްގެ މަތިން މަޝްވަރާ އަށް އައުމަށް އިދިކޮޅު ފަރާތްތަކަށް ދައުވަތު ދެއްވާފައެވެ. ނަމަވެސް މަޝްވަރާތައް ފެށުމުގެ ކުރިން އިދިކޮޅު ފަރާތްތަކުން ހުށަހަޅާ ބައެއް ޝަރުތުތަކުގެ ސަބަބުން މަޝްވަރާތައް ފެށިފައެއް

ނުވެއެވެ.ސަރުކާރުން ވަނީ އެއްވެސް ޝަރުތަކާނުލާ މަޝްވަރާކުރުމަށް ސަރުކާރުން އަދިވެސް ތައްޔާރަށް އޮތްކަން ހާމަކުރައްވާފައެވެ.