English Edition
Dhivehi Edition
އިއްޔެގެ އެކްސިޑެންޓްގައި ގެއްލުންވި ކާރު/ ފޮޓޯ ވަގުތު

އައްޑޫސިޓީ ހިތަދޫގައި އިއްޔެ ހަވީރު ސައިކަލަކާއި ކާރެއްޖެހި ހިނގި އެކްސިޑެންޓެއްގައި ބޮލަށް ސީރިއަސް ގެއްލުންތަކެއް ލިބުނު ޒުވާން އަންހެންކުއްޖާ އިތުރު ފަރުވާ އަށް ރޭ ދަންވަރު މާލެ ފޮނުވާލައިފި އެވެ.

ބީއެމްއެލްގެ އައްޑޫ ކޯލް ސެންޓަރުގައި މަސައްކަތް ކުރަމުން އަންނަ 24 އަހަރުގެ މަރިޔަމް އަލްމާސް، ދުއްވި ސައިކަލާއި ކާރެއް ޖެހިގެން ހިނގި މި އެކްސިޑެންޓުގައި އޭނާގެ ބޮލަށް އަނިޔާ ލިބިފައިވާކަމަށާއި އަނިޔާގެ ތަފްސީލް އެނގޭނީ ސީޓީ ސްކޭނެއް ހަދައި ބެލުމަށްފަހު ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ބުނެއެވެ.

މިއެކްސިޑެންޓުގައި ކާރަށާއި ސައިކަލަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ.

މި އެކްސިޑެންޓުގައި ކޮންމެވެސް ވަރެއްގެ އަނިޔާއެއް ވެގެން ފިރިހެނަކު ވެސް ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި އޭނާއަށް މާބޮޑު އަނިޔާއެއް ވެފައި ނުވާކަމަށް ހޮސްޕިޓަލުން ބުނެއެވެ.

އިއްޔެ ހަވީރު ހިނގި މި އެކްސިޑެންޓްގެ އިތުރުން ރޭ މަރަދޫފޭދޫން ފޭދުއަށް ދުއްވި ސައިކަލެއް ކޮންޓްރޯލް ނުވެ، ކޯޒްވޭގައި ހުރި ތަނބެއްގައި ޖެހިގެން ވެސް ނުރައްކާތެރި އެކްސިޑެންޓެއް ވަނީ ހިނގައިފަ އެވެ.