ފެނަކަ ކޯޕަޜޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ލަމްއާންގެ ޕާސަނަލް ޓުވިޓާ އެކައުންޓް ހެކްކޮށް ބަޔަކު ދޮގު ޚަބަރު ފަތުރަމުންގެންދާކަމަށް ފެނަކައިން ބުނެފިއެވެ
ފެނަކަ ކޯޕަރޭޝަނުން ރޭ ނެރުނު ނޫސް ބަޔާނުގައި ބުނެފައި ވަނީ ލަމްއާންގެ ޓުވިޓާ އެކައުންޓް ހެކްކޮށް ރައްޔިތުންގެ މެދުގައި ނަފްރަތު އުފެދޭ ގޮތަށް ދޮގު މައުލޫމާތާއި ޚަބަރު ފަތުރަމުން ގެންދާކަމަށެވެ. އަދި މިފަދަ ދޮގު ހަބަރާއި މައުލޫމާތުތަކަށް މީޑިއާތައް ސަމާލުވެ މީސް މީޑިއާގައި ނުފެތުރުމަށް އެ ކުންފުނިންވަނީ އިލްތިމާސްކޮށްފައެވެ
ލަމްއާންގެ ޓުވިޓާ އެކައުންޓުން ކުރި ޓުވީޓެއްގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ގޮވާލައިފައިވާއިރު ލަމްއާން ވިދާޅުވީ އޭނާ އެއްވެސް މީހަކަށް މަރުގެ އިންޒާރު ދީފައި ނުވާކަމަށާއި އެއީ ދުވަހަކުވެސް އޭނާ ކުރާނެ ކަމެއް ނޫންކަމަށެވެ.މީގެ އިތުރުން ލަމްއާން ވިދާޅުވީ އޭނާއަކީ އިންސާނިއްޔަތުކަމަށް ގަދަރުކުރާ އަދި މުޖްތަމައުއަށް ހިދުމަތްކުރަމުންދާ މީހެއް ކަމަށެވެ
ފެނަކައިން ބުނެފައިވަނީ ލަމްއާންގެ ޓުވިޓާ ހެކްކުރި މައްސަލަ ކަމާބެހޭ ފަރާތްތަކުން މިހާރު ބަލަމުންގެންދާ ކަމަށެވެ