English Edition
Dhivehi Edition
02 މާރިޗް 2023: ތ. ހިރިލަންދޫގައި ހުޅުވި ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ އޮފީސް އިމާރާތް - ފޮޓޯ: ރައީސް އޮފީސް

ފެނަކައިން ކަރަންޓުގެ ޚިދުމަތް ދޭ ގޭބީސީތަކުގެ މިދިޔަ މަހުގެ ބިލަށް, ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވައިފައިވާ ގޮތަށް ޓެރިފް ކުޑަކުރަން ނިންމައިފިއެވެ.

މި މަހުން ފެށިގެން ޑޮމެސްޓިކް ކެޓެގަރީގެ ކަރަންޓް ޓެރިފް ރޭޓު ކުޑަކުރަން ކަމާ ބެހޭ އިދާރާތަކަށް އަންގަވައިފައިވާކަން ރައީސް ޑރ.މުހައްމަދު މުއިއްޒު ވަނީ މިދިޔަ ހުކުރު ދުވަހުގެ ރޭ އިއުލާންކުރައްވައިފައެވެ.

ކަރަންޓް ޓެރިފް ރޭޓުތަކަށް އަންނަ ބަދަލުތައް:

  • 0 – 100 ގެ ބޭންޑު: މިހާރުގެ ރޭޓަކީ 1.50 (އާ ރޭޓު 1.25)
  • 101 – 200 ގެ ބޭންޑު: މިހާރުގެ ރޭޓަކީ 1.70 (އާ ރޭޓު 1.50)
  • 201 – 300 ގެ ބޭންޑު: މިހާރުގެ ރޭޓަކީ 2.15 (އާ ރޭޓު 1.50)
  • 301 – 400 ގެ ބޭންޑު: މިހާރުގެ ރޭޓަކީ 2.50 (އާ ރޭޓު 1.50)
  • 401 – 500 ގެ ބޭންޑު: މިހާރުގެ ރޭޓަކީ 2.95 (އާ ރޭޓު 2.66)
  • 501 – 600 ގެ ބޭންޑު: މިހާރުގެ ރޭޓަކީ 3.55 (އާ ރޭޓު 3.20)
  • 600+ ގެ ބޭންޑު: މިހާރުގެ ރޭޓަކީ 4.25 (އާ ރޭޓު 3.83)

މި އެންގެވުމާ އެއްގޮތަށް ފެނަކައިން މިހާރު އަމަލުކުރަން ފަށާފައިވާއިރު އެ ކުންފުނިން ބުނީ ނިމުނު މެއި މަހަށް ވެސް ބިލް ކުރާނީ އައު ޓެރިފް ރޭޓުގެ ދަށުން ކަމަށެވެ. އެގޮތުން މެއި މަހުގެ ބިލަށް މިހާރު ފައިސާ ދައްކާފަައިވާ މީހުންގެ މިމަހު ބިލުން އެއްބައި އުނިކުރާނެ ކަމަށް ފެނަކައިން ވަނީ ބުނެފައެވެ. އަދި މިދިޔަ މަހުގެ ބިލަށް ފައިސާ ދައްކާފައިނުވާ މީހުންނަށް ކުޑަ ޓެރިފް ރޭޓުގައި އަލުން ބިލު ފޮނުވާނެ ކުރާނެ ކަމަށް ފެނަކައިންވަނީ ބުނެފައެވެ.