އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)އަތޮޅުތެރެއަށް ކުރައްވާ ފުރަތަމަ ދަތުރު އައްޑޫ ސިޓީއަށް ކުރައްވަން ނިންމަވައިފި އެވެ
އިބޫ އަންނަ ހުކުރު ދުވަހު ކެމްޕެއިންގައި އައްޑޫ ސިޓީއަށް ވަޑައިގަންނަވާ ގޮތަށް ހަަމަޖެހިފައިވާއިރު މި ދަތުރުގައި އިބޫ ފުވައްމުލައް ސިޓީއަށް ވެސް ވަޑައިގަންނަވާނެ އެވެ.އިބޫ ވަނީ ކެމްޕެއިން ހަރަކާތްތަކުގައި މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ދޮރުން ދޮރަށް ވެސް ހިންގަވާފައެވެ.މި ދަތުރުގައި އިބޫ އާއި އެކު އެމްޑީޕީގެ އިސް ވެރިން ބައިވެރި ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާއިރު އަދި މި ދަތުރާއި ބެހޭ މާ ބޮޑު ތަފްސީލެއް އެ ޕާޓީން ހާމަކޮށްފައެއް ނުވެއެެވެ
އިބޫ އައްޑޫއަށް ހުކުރު ދުވަހު ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާއިރު އެ ދުވަހު އިބޫގެ ރަނިންމޭޓެއްގެ ގޮތުގައި ނެރޭނެ ބޭފުޅެއް ޖުމްހޫރީ ޕާޓީން ކަނޑައަޅާނެ އެވެ