މިދިޔަ އަހަރު ސްޕެއިންގެ ބާސެލޯނާ އާއި ގުޅުނު ބްރެޒިލްގެ ތަރި ޕޯލީނިއޯ އެނބުރި އޭނާގެ ކުރީގެ ކްލަބު ގައަންޒޫ އެވަގްރެންޑޭ އަށް ބަދަލުވެއްޖެ އެވެ..
ޗައިނާގެ ގްއަންޒޫއާ އިން 40 މިލިއަން ޕައުންޑަށް ބާސެލޯނާ އާއި ގުޅުމަށް ފަހު މިދިޔަ ސީޒަންގައި ސްޕެނިޝް ލީގު ބާސެލޯނާއަށް ހޯދާއި ދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައިވާ ޕައުލީނިއޯ އަލުން ޗައިނާ ގައި އޭނާ ކުރީގެ ކުލަބް ގްއަންޒޫ އާއި ގުޅިފައިވަނީ 54 މިލިއަން ޕައުންޑަށެވެ.
މިދިޔަ ސީޒަނުގައި ބާސެލޯނާއަށް ލީގު ތަށި ކާމިޔާބުކޮށްދިނުމުގައި މުހިންމު ރޯލެއް އަދާ ކުރި ޕޯލީނިއޯ ގްއަންޒޫ އާއި ގުޅިފައިވާކަން ހާމަކަށް އެ ކުލަބުން ނެރުނު ޕޯސްޓަރެއްގައި “ކިންގް އިޒް ބެކް” މިހެން ޖަހާފައިވާ ޕޯސްތަރެއް އާމުކޮށްފައެވެ.
މީގެ ކުރިން އިނގިރޭސި ކްލަބު ޓޮޓެންހަމުން ފެނިގެންދިޔަ ޕޯލީނިއޯ އެންމެ ފުރަތަމަ ޗައިނާގެ ގްއަންޒޫއާ ގުޅުނީ 2015 ވަނަ އަހަރު އެވެ.ގްއަންޒޫއާއި ގުޅުމަށް ފަހު ޕައުލީނިއޯ ވަނީ އެ ކުލަބްއަށް ޗައިނާ ލީގު ދެފަހަރު މަތިން ކާމިޔާބުކޮށްދީ ޗައިނާ ޗެމްޕިއަން ޝިޕް ވެސް ކާމިޔާބުކޮށްދީފައެވެ.
އުމުރުން 29 އަހަރުގެ ޕޯލީނިއޯ ބާސެލޯނާ އާއި ބްރެޒިލްގެ ގައުމީ ޓީމާއެކު ރަނގަޅު ކުޅުމެއް ވޯލްޑް ކަޕްގައި ދައްކާފައިވާ އިރު އޭނާ ވަނީ ބްރެޒިލް ގައުމީ ޓީމަށް ކުޅެދިން 84 މެޗުގައި 22 ގޯލް ކާމިޔާބުކޮށްދީފައެވެ.
ޕައުލީނިއޯ އާއި އެކު މިދިޔަ ފަސް ސީޒަންގައި ޗައިނާ ލީގުގެ ގަދަ ބާރުގެ ގޮތުގައި އޮތް ގްއަންޒޫ ދޫކޮށް އޭނާ މިދިޔަ ސީޒަންގައި ދިއުމުން އެ ކުލަބް ވަނީ ލީގުގެ ފަސް ވަނައަށް ވެއްޓިފައެވެ.
ބާސެލޯނާ ގައި މުހިންމު ކުރީގައި މުހިންމު ދައުރެއް އަދާކޮށް އެ ކުލަބްއަށް ކުޅުނު 44 މެޗުގައި 9 ލަނޑު ޖަހާފައިވާ ޕައުލީނިއޯ އެނބުރި ކުރީގެ ކުލަބްއަށް ބަދަލުވެފައިވަނީ ޗައިނާ ލީގުގެ އެންމެ މުސާރަ ބޮޑު ކުޅުންތެރިޔާގެ ގޮތުގައެވެ.