އިޓަލީގެ ގައުމީ ޓީމް އަދި ޔުވެންޓަސްގެ ކުރީގެ ތަޖުރިބާކާރު ކީޕަރ ބުފޯން ފްރާންސްގެ ޕެރިސް ސެއިން ޖަމައިން (ޕީއެސްޖީ) އަށް ބަދަލު ވެއްޖެއެވެ.
ޔުވެންޓަސްއަށް 656 ވުރެ ގިނަ މެޗު ކުޅެ ދިނުމަށް ފަހު މިދިޔަ ސީޒަންގައި ޔުވެންޓަސް ދޫކޮށްލި ބުފޯން ޕީއެސްޖީގެ ކުޅުންތެރިއެއްގެ ގޮތުގައި އެކްލަބާއި އެކު ރަސްމީކޮށް ސޮއި ކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.
ޕީއެސްޖީއާއި ގުޅުމަށްފަހު ބުފޯން ބުނީ ފްރާންސްއަށް ދިއުމުން އެކްލަބުން އޭނާއަށް ކިޔާފައިވާ މަރުހަބާއަށް ސުކުރުއަދާ ކުރާކަމަށާއި ބޭނުންވަނީ ޔުވެންޓަސްގައި ހޭދަ ކުރި ފަދަ ކާމިޔާބު ސީޒަންތަކެއް ޕީއެސްޖީގައި ހޭދަކުރުމަށް ކަމަށެވެ.
ޔުވެންޓަސް އާއި އެކު މިދިޔަ އަހަރު ހަދާފައިވާ އެއްބަސްވުން ހަމަވުމުން ހިލޭ ޓްރާންސްޕާއެއްގައި ޕީއެސްޖީ އާއި ގުޅުނު އިޓަލީގެ ގައުމީ ޓީމުގެ އެއް ނަމްބަރު ކީޕަރުގެ ގޮތުގައި ގިނަ އަހަރުތަކެއް ހޭދަކުރުމަށް ފަހު ބުޕޮންވަނީ މިހާރު ރަޝިޔާގައި ކުރިއަށްދާ ވޯލްޑް ކަޕަށް އިޓަލީ ކޮލިފައިނުވުމުން ގައުމީ ޓީމަށް ކުޅުން ހުއްޓާލާފައެވެ.