ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ކުރިމަތިވެވަޑައިގަންނަވާ ކަމަކުން ފަސް ޖެހިވަޑައިނުގަންނަވާނެ ކަމަށް ގުޅިފައިވާ އިދިކޮޅު ޕާޓީތަކުގެ ކެންޑިޑޭޓު އިބްރާހީމް މުހައްމަދު ސޯލިހް(އިބޫ) ވިދާޅުވެއްޖެއެވެ
ހުޅުމާލޭގެ ދިރިއުޅޭ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް އެ ރަށަށް އިބޫ ވަޑައިގަތުމުން ހިނގި ހަމަނުޖެހުންތަކާއި ގުޅިގެން އިބޫ ވިދާޅުވީ އިދިކޮޅު ޕާޓީތަކުން ގުޅިގެން ނިކުމެ ތިބީ ރާއްޖެ އިން އަނިޔާވެރިކަމާއި ކޮރަޕްޝަން ނައްތާލައި ރާއްޖެއަށް އިންސާފާއި ހަމަހަމަކަން ހޯދައި ދިނުމަށް ކަމަށެވެ. އަދި އެ މަސައްކަތް ގުޅިފައިވާ ޕާޓީތަކުން ކާމިޔާބުކުރާނެ ކަމަށް އިބޫ ވިދާޅުވިއެވެ
އިއްޔެ ހިނގި ހަމަނުޖެހުންތައް ސިފަކުރައްވާ އިބޫ ވިދާޅުވީ ހުޅުމާލެ އިން ފެނުނު މަންޒަރަކީ ރައީސް އަބްދުﷲ ޔާމީން އިންތިހާބުން ބަލިވެފައި އޮތް ތަތަންކަމާއި އެފަދަ ހަމަނުޖެހުންތައް ހިންގަނީ އިންތިހާބެއްގައި ވޯޓުލައިގެން ކާމިޔާބު ނުކުރެއްވޭނެކަން އެނގިވަޑައިގަންނަވާތީކަމަށެވެ