ރައީސުލް ޖުމްހުރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ ރަނިންމޭޓްގެ ގޮތުގައި ހަމަޖައްސަވާފައިވާ ޑރ. މުޙައްމަދު ޝަހީމްއަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޒިމްބާބުވޭގެ މުފްތީ އިސްމާއިލް ބިން މޫސާ މަރުހަބާ ވިދާޅުވެއްޖެއެވެ.
މުފްތީ މެންކް ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ ޑރ ޝަހީމް ހޯއްދަވަމުން ގެންދަވާ ކާމިޔާބީ އާއި މެދު ފަހުރުވެރިވެ ވަޑައިގަންނަވާ ކަމަށާއި ކުރިމަގަށް ރަގަޅު ގޮށް ވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.މީގެ އިތުރުން މުފްތީ ވަނީ އަބަދުވެސް ރާއްޖެއާއި ރާއްޖޭގެ ރައްޔަތުންނަށް ހެޔޮގޮށް މިންވަރުކުރެއްވުން އެދި ދުޢާކުރާކަމަށް ވިދާޅުވެފައެވެ
މުފްތީ މެންކް ވަނީ 2015 އަދި 2016 ވަނަ އަހަރުވެސް ރާއްޖެ ވަޑައިގެން ދަރުސް ދެއްވާފައެވެ