English Edition
Dhivehi Edition
މުފްތީ މެންކް/ފޮޓޯ އިސްލާމިކް މިނިސްޓްރީ

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ދަޢުވަތަކަށް، މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ މުފްތީ މެންކްގެ ދަރުސް މިރޭ ( 30 އޮކްޓޯބަރު 2022ވާ އާދީއްތަ ދުވަހުގެ ރޭ) އައްޑޫ ސިޓީގައި އޮންނާނެއެވެ.

އައްޑޫ ހައިސްކޫލުގައި އޮންނަ މި ދަރުސްގެ މައުޟޫއަކީ ”ޕްރޮޑަކްޓިވް މުސްލިމް” އެވެ.

އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދާ މި ދަރުސްވެސް އޮންނާނީ ރޭގަނޑު 8.45 ގައެވެ.

މުފްތީ މެންކްގެ މި ދަތުރުފުޅުގައި ވަނީ މާލެއާއި ފުވައްމުލައް ސިޓީގައި ދަރުސް ދެއްވާފައެވެ. އޭގެއިތުރުން ހުޅުމާލޭގައި ދެއްވުމަށް ހަމަޖެހިފައިވާ ދަރުސް އޮންނާނީ 2022 އޮކްޓޯބަރ 31 ވާ ހޯމަ ދުވަހު ސިންތެޓިކް ޓްރެކްގައެވެ.

މުފްތީ މެންކް މިއަދު ހެނދުނު ވަނީ އައްޑޫސިޓީއަށް ވަޑައިގެންފައެވެ.

މި ދަރުސްތަކަށް ވަޑައިނުގެންނެވޭ ފަރާތްތަކަށް ޓީވީއާއި ރޭޑިއޯ އަދި ސޯޝަލް މީޑިއާ މެދުވެރިކޮށް ދަރުސްތައް ބައްލަވާ، އަޑުއެއްސެވޭނެ ފުރުސަތުފަހި ވެގެންދާނެ ކަމަށް އިސްލާމިކް މިނިސްޓްރީން މަޢުލޫމާތު ދެއްވައެވެ.