English Edition
Dhivehi Edition

ދާދި ފަހުން ސްޕެއިންގެ ގައުމީ ޓީމްގެ ކޯޗު ކަމުގެ މަގާމާއި ހަވާލުވި އެ ގައުމުގެ ކުރީގެ ފުޓްބޯޅް ލެޖެންޑް ފެނާންޑޯ ހިއޭރޯ މަގާމުން އިސްތިއުފާ ދިނުމާއި ގުޅިގެން އެ މަގާމަށް ބާސެލޯނާގެ ކުރީގެ ކޯޗު ލުއިސް އެންރީކޭ ހަމަ ޖައްސައިފިއެވެ.

ހިއޭރޯއާ ސްޕެއިންގެ ގައުމީ ޓީމުގެ ކޯޗު ކަމާއި ހަވާލުވެފައިވަނީ މިހާރު ރަޝިޔާގައި ކުރިއަށް ދާ ފީފާ ވޯލްޑް ކަޕް ފެށެން އެންމެ ދުވަހަކަށް ވެފައިވަނިކޮށް ކުރިން އެ މަގާމު ގައި ހުރި ޖޫލެން ލޮޕެޓެގީ ސްޕެއިންގެ ރިއަލްމެޑްރިޑްގެ ކޯޗާއި ވޯލްޑް ކަޕަށް ފަހު ހަވާލުވާނެ ކަމަށް އެ ކުލަބް އިން ހާމަ ކުރުމާއި ގުޅިގެންގެނެވެ.އެހެން ނަމަވެސް ވޯލްޑް ކަޕްގައި ނެރުނު ދަށް ނަތީޖާގެ ސަބަބުން ހިއޭރޯ ކޯޗު ކަމުން އިސްތިއުފާ ދީފައިވާއިރު އެންރީކޭ ސްޕއިން ގައުމީ ޓީމްގެ ކޯޗު ކަމާއި ހަވާލު ވެފައިވަނީ 2 އަހަރު ދުވަހުގެ އެއްބަސްވުމުގެ ދަށުންނެވެ.

ސްޕއެންގެ ގައުމީ ޓީމް އާއި ހަވާލުވި 48ގެ އެންރީކޭ ވަނީ ސްޕެއިން ގައުމީ ޓީމް އާއި ހަވާލު ވުމުގެ ކުރިނން ބާސާގައި ތިން އަހަރު ހޭދަކޮށް ބާސެލޯނާއަށް ސްޕެނިޝް ލީގު ދެ ފަހަރު، ސްޕެނިޝް ކަޕް ތިން ފަހަރު އަދި ޗެމްޕިއަންސް ލީގެއް ކާމިޔާބުކޮށްދީފައެވެ.

ޓެގު