English Edition
Dhivehi Edition

ދާދި ފަހުން ސްޕެއިންގެ ގައުމީ ޓީމްގެ ކޯޗު ކަމުގެ މަގާމާއި ހަވާލުވި އެ ގައުމުގެ ކުރީގެ ފުޓްބޯޅް ލެޖެންޑް ފެނާންޑޯ ހިއޭރޯ މަގާމުން އިސްތިއުފާ ދީފިއެވެ.

ހިއޭރޯއާ ސްޕެއިންގެ ގައުމީ ޓީމުގެ ކޯޗު ކަމާއި ހަވާލުވެފައިވަނީ މިހާރު ރަޝިޔާގައި ކުރިއަށް ދާ ފީފާ ވޯލްޑް ކަޕް ފެށެން އެންމެ ދުވަހަކަށް ވެފައިވަނިކޮށް ކުރިން އެ މަގާމު ގައި ހުރި ޖޫލެން ލޮޕެޓެގީ ސްޕެއިންގެ ރިއަލްމެޑްރިޑްގެ ކޯޗާއި ވޯލްޑް ކަޕަށް ފަހު ހަވާލުވާނެ ކަމަށް އެ ކުލަބް އިން ހާމަ ކުރުމާއި ގުޅިގެންގެނެވެ. ލޮޕެޓެގީ އާއި ސްޕެއިން ފުޓްބޯޅަ ފެޑަރޭޝަން އާއި މަސައްލަ ޖެހި އޭނާ އެ މަގާމުން ދުރުކުރި ސަބަބެއް ކަމަށް ސްޕެއިންގެ ފުޓްބޯޅަ އިދާރާ އިން ބުނީ އެއްވެސް އެންގުމަކާއި ނުލައި ހުސްވެފައިވާ ރެއާލް މެޑްރިޑްގެ ކޯޗުކަމާއި ހަވާލުވާން ލޮފެޓެގީ ނިންމުމާއި ގުޅިގެން އޭނާ މަގާމުން ދުރުކުރަން ނިންމާފައިވާ ކަމަށެވެ.

ކުޅުންތެރިއެއްގެ ގޮތުގައި ރެއާލް މެޑްރިޑަށް 400 އަށްވުރެ ގިނަ މެޗު ކުޅެފައިވާ އިއެރޯ ވަނީ ސްޕެއިން ގައުމީ ޓީމަށްވެސް އޭނާ ވަނީ 89 މެޗު ކުޅެދީފައެވެ.

ހިއޭރޯގެ އިރުޝާދުގެ ދަށުން ކުޅެ މިފަހަރުގެ ވޯލްޑް ކަޕްގައި ސްޕެއިންއަށް އެންމެ އެދެވޭ ނަތީޖާ ނެރެވިފައިވާ ނުވާއިރު ސްޕެއިން ވަނީ ގަދަ 16 ގައި މުބާރާތް ބާއްވާ ގައުމު ރަޝިޔާއަތުން ބަލިވެ މުބާރާތުން ކަޓާފައެވެ.

ސްޕެއިންގެ ކޯޗުކަމުގެ އިތުރުން ހިއޭރޯ ވަނީ ސްޕެއިންގެ ފުޓްބޯޅަ އިދާރާގެ ސްޕޯޓިން ޑިރެކްޓަރުގެ މަގާމުން ވެސް އިސްތިއުފާ ދީފައެވެ.

ކޯޗެއްގެ ގޮތުގައި މިދިޔަ އަހަރު ސްޕެއިންގެ ދެވަނަ ޑިވިޝަން ކްލަބެއް ކަމަށްވާ ރެއާލް އޮވިއޭޑޯގައި މަސައްކަތް ކުރި ހިއޭރޯ ވަނީ 2014/15 ވަނަ ސީޒަންގައި ރިއަލްމެޑްރިޑްގެ ކޯޗެއްގެ ގޮތުގައި ވެސް މަސައްކަތް ކޮށްފައެވެ.

ހިއޭރޯ އަށްފަހު ސްޕެއިންގެ ކޯޗުކަމުގެ މަގާމާއި ދެން ހަވާލުވާނެ ކަމަށް ބެލެވެނީ ކުރިން ބާސެލޯނާ އަށް ކޯޗުކޮށްދިން ލުއިސް އެންރިކޭ ނުވަތަ ބެނިޓޭޒްއެވެ.