English Edition
Dhivehi Edition

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ބ. ފެހެންދޫ އާއި ކުލަބް ގްރީން ސްޓްރީޓްސް ބައްދަލުކުރި މެޗު ގްރީން ސްޓްރީޓުން ކާމިޔާބުކޮށްފިއެވެ.

ޕްރިމިއަ ލީގުގައި އިއްޔެ ކުޅުނު މެޗުގައި ފެހެންދޫ އާއި ބައްދަލު ކުރި މެޗު 2-0 ލަނޑުން ކާމިޔާބުކޮށް ގްރީން ވަނީ ލީގުގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.

އިއްޔެ ހަވީރު ފެހެންދޫ މައްޗަށް ކާމިޔާބު ހޯދާއި ގްރީން ސްޓްރީޓްސް ތިން މެޗުން ހަތް ޕޮއިންޓާ ހޯދައި އެއްވަނަ އަށް ޖެހިލާފައިވާއިރުއެކު ދެ ވަނައިގައިގައި އޮތް ޓީސީ ސްޕޯޓްސް ކްލަބަށް ދެ މެޗުން ލިބިފައިވަނީ ހަ ޕޮއިންޓެވެ. ފެހެންދޫ އޮތީ ދެ މެޗުން ޕޮއިންޓެއް ހޯދައިފައެވެ.

ދެ ޓީމްގެ ފަރާތުން އިއްޔެ މެޗު ފަށައިގެން ހަމަ ހަމަ ކުޅުމެއް ފެނިގެން ގޮސްފައިވާއިރު އިއްޔެގެ މެޗުގައި ފެހެންދޫ އިން ވަނީ މެޗުގެ ކުރީ ކޮޅު ގްރީންގެ ގޯލަށް ނުރައްކާ ކުރަން މަސައްކަތް ކޮށްފައެވެ.އެހެން ނަމަވެސް ގްރީން ސްޓްރީން ވަނީ މެޗުގެ 20 ވަނަ މިނިޓްގައި ކޮލަމްބިއާ ފޯވާޑް ހޯސޭ އަވީލާގެ ކާމިޔާބުކޮށްދިން ލަނޑާއި އެކު މެޗުގެ ކޮންޓުރޯލް ހޯދާފައެވެ.

މި ނަތީޖާ އާއި އެކު ގްރީން ސްޓްރީޓްސް ފުރަތަމަ ހާފް ނިންމާލާފައިވާ އިރު ގްރީން އިން ވަނީ ދެ ވަނަ ހާފު ފަށާއިގެން މެޗުގެ ކުޅުން ވަރުގަދަ ކޮށް ނުރައްކާތެރި ގިނަ ހަމަލާތަކެއް އުފައްދަން މަސައްކަތް ކޮށްފައެވެ.ނަތީޖާއެއްގެ ގޮތުން މެޗުގެ 72 ވަނަ މިނިޓްގައި ގްރީން ސްޓްރީން ވަނީ މެޗުގެ ކާމިޔާބުކޮށް މެޗުގެ ލީޑު ފުޅާކޮށްފައެވެ.މި ލަނޑު ގްރީންއަށް ކާމިޔާބުކޮށްދީފައިވަނީ ރަސެލް އެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ވެސް ދެ މެޗު ކުޅުމަށް ހަމަޖެހިފައިވެއެވެ. މިއަދު ހަވީރު ކުޅޭ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ތ. ތިމަރަފުއްޓާއި ށ. ފޯކައިދޫ އެވެ.އަދި ދެވަނަ މެޗުގައި މިރ ބައްދަލުކުރާނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނެވެ.