ތައިލެންްޑްގެ ތަމް ލުއަންގ ނާންގ ހޮހޮޅައިިގައި ތާށިވެފައިވާ 12 ފިރިހެން ކުދިންނާއި އެކުދިންގެ ފުޓްބޯޅަ ކޯޗް ހޮހޮޅައިގައި ތާށިވެފައިތިބޭތާ 16 ދުވަސްވީފަހުން 6 ކުދީން މިއަދު ސަލާމަތް ކުރަން މަސައްކަތް ފަށައިފިއެވެ.
ހަބަރުތައް ބުނާގޮތުގައި އޮޕަރޭޝަންގައި ހަރަކާތްތެރިވާ ހާއްސަ ޑައިވަރުންގެ ފުރިހަމަ އިރުޝާދާ އެއްގޮޮތަށް ހަކުދިންގެ ތެރެއިން 4 ކުދިން ނެރެފައި ވަނީ ވަރަށް ބޮޑަށް އެކަމަށް ތައްޔާރުވެ ހާއްސަ ޑައިވަރުންގެ ޓީމަކުންނެވެ.
ޑެއިލީމެއިލް އާ ހަވާލާދީ ގަވަރނަރ ނަރޮންގްސަކް ބުނީ އެ ހަތަރުކުދިން ސަލާމަތް ކުރިތާ ކުޑައިރުކޮޅެއް ތެރޭ އެ ހިސާބުގައި ހުރި ޗިއަންގް ރާއީ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. މިކުދީން ސަލާމަތް ކުރުމަށް މަސައްކަތް ކުރި އިރު ހޮހޮޅައިގެ ކައިރީގައި ތިބި މީހުން ވަނީ ދުރުކޮށްފައި ކަމަށާއި އެސަރަހައްދުގައި އެވަގުތު ތިބީ ޑައިވިން ޓީމުތަކާއިސިއްހީ ފަރުވާދޭ ފަރާތްތަކާއި ސަލާމަތީ ފައުޖުތައް ކަމަށް ނަރޮންގްސަކް ވިދާޅުވިއެވެ.
ހަބަރުތައްބުނާ ގޮތުގައި އެހަތަރުކުދިން ހޮހޮޅައިން ނެރުނު އިިރު ހޮހޮޅައަށްވަންނަ އެންޓްރެންސް ގައި އެންބިއުލާންސް އަންނަންދެން މިލިޓަރީ ހެލިކަޕްޓަރ އެކުދިްންނަށް ފަރުވާ ދިނުމަށް ތައްޔާރަށް އޮތެވެ. އަދި 35 ފަސް އެމަޖެންސީ ޑޮކްޓަރުން އެކުދީން ހޮސްޕިޓަލަށް ގެނެވެންދެން ހޮސްޕިޓަލްގެ ބޭރުގައި މަޑުކޮށްލައިގެން ތިއްބެވެ.
އެކުދިން ސަލާމަތް ކުރުމުގެ އޮޕަރޭޝަނުގައި އިސްކޮށް ހުންނަވާ ނަރޮންގްސަކް ވިދާޅުވި ގޮތުގައި ތައިލޭންޑު ގަޑިން 10:00 ގައި އެކުދިން ސަލާމަތް ކުރުމުގެ މަސައްކަތް ވަނީ ފަށައިފައެވެ. ނަމަވެސް އެކުދިން ހޮހޮޅައިން ނެރެފައިވަނީ ސީދާ ކިހިނެއްކަމެއް އަދި ހާމަކޮށްފައި ނުވެއެވެ.
ތައިލެޑްގެ އަސްކަރިއްޔާއިން ބުނެފައިވާގޮތުގައި ބާރަ ކުދިންނާއި ކޯޗް ހޮހޮޅައިން ނެރެވެން އޮތީ ދެގޮތެއްކަމަށެވެ. އެއް ގޮތަކީ އެ ކުދިންނަށް ފަތަން ދަސްކޮށްދީގެން ޑައިވަރުންގެ އިރުޝާދާ އެއްގޮތަށް ކުދިން ސަލާމަތްކުރުމެވެ. އަނެއް ގޮތަކީ ހޮހޮޅައިގައި ހެދިފައިވާ ފެންގަނޑު ޕަމްޕް ޖަހައިގެން ހިއްކައިގެން އެކުދިން ސަލާމަތްކުރުމެވެ.
ޖޫންމަހު 30 ވަނަދުވަހު ތައިލެންޑެ ފުޓްބޯޅަޓީމްގެ 12 ކުޅުންތެރިންނާއި ކޯޗް ހޮހޮޅަިގެ ތެރެއަށް ވަނީ ޕްރެކްޓިސް އަށްފަހު ގެއަށް ދިޔަމަގުމަތީގައި ބޯކޮށް ވާރޭވެހި ފެންބޮޑުވުމުން ސަލާމަތް ހޯދުމަށެވެ. ނަމަވެސް ހޮހޮޅައަށް ވަނުމުން ހޮހޮޅައިގައި ފެންބޮޑުވެ 13 މީހުން ތާށި ވެ ގެއްލިފައި ވަނިކޮށް އެމީހުން ހޯދަމުން ދިޔަ ރެސްކިއުޓީމަށް ހޮހޮޅައިގެތެރެއިން އެ މީހުން ފެނިފައިވަނީ ގެއްލުނުތާ ނުވަދުވަސް ވީފަހުންނެވެ.
ހަތަރު ކުދިން ސަލާމަތް ކޮށް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ގެންދާއިރު ކުރިން ސަލާމަތް ކުރަންނިންމީ ހަ ކުދިން ނެވެ. އެކުދިން ސަލާމަތް ކުރުމުގައި ހަރަކާތް ތެރިވާ ޓީމްތަކުން ހުއްޓުމެއްނެތި އަދިވެސް ދަނީ ބާކި ތިބި ކުދިންނާއި ކޯޗް ސަލާމަތް ކުރުމުގައި ހަރަކާތްތެރި ވަމުންނެވެ.