އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހުއަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން ތާއީދު އޮތުމަކީ ދެކޮޅު ނުވެވޭނެ ހަގީގަތެއްކަމެއް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އިއްޔެ އެމްޑީޕީއިން ފަށާފައިވާ ދޮރުން ދޮރަށް ހަރަކާތުގެ ޕޮޓޯ އަކާ އެކު ނަޝީދުކޮށްފައިވާ ޓުވިޓެއްގައި ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓަށް ރައްޔިތުންގެ ބޮޑު ތާއީދެއް އެބައޮތް ކަމަށެވެ. އިއްޔެ އެމްޑީޕީއިން ބޭއްވި ދޮރުން ދޮރަށް ހަރަކާތުގައި ރިޔާސީ ކެންޑިޑޭޓް އިބޫއާ އެކު މައްޗަންގޮޅީ އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީ އާއި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އަދި އެ ޕާޓީގެ ޗެއާޕާސަންގެ ނައިބު އަހުމަދު އަބްދުﷲ ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ
އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓަށް ނަޝީދު ވަރަށް ބޮޑަށް ތައުރީފުކޮށް ވާހަކަދައްކަމުންދާއިރު ސަރުކާރު ހިންގާ ޕާޓީގެ އިސް ފަރާތްތަކުންވަނީ އިބޫ އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއެވެ