English Edition
Dhivehi Edition

ރައީސް އަބްދުﷲ ޔާމީން ބަލިކުރުމަށް މި ފަހަރު އެކުލަވާލާފައިވާ ކޯލިޝަންގެ މައްސަލަތައް ކުޑަވާނެކަމަށް އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިރޭ ވިދާޅުވެއްޖެ އެވެ

އިބޫ ވިދާޅުވީ މިދިޔަ ދެ ފަހަރު ވެސް ކޯލިޝަން ހަދާފައި ވަނީ އެ ނޫން އެއްވެސް ގޮތެއް ނެތިގެން، ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ކަމަށާއި އެހެންނަމަވެސް މިފަހަރުގެ ކޯލިޝަންއަކީ ވަރަށް ބޮޑަށް ރޭވިގެން އަދި ވަގުތު އޮއްވައި ހަދާފައިވާ ކޯލިޝަނެއްކަމަށެވެ

އެމްޑީޕީގެ މެނިފެސްޓޯ އާއި ބެހޭ ގޮތުން ވާހަކަދައްކަވަމުން އިބޫ ވިދާޅުވީ މްޑީޕީގެ މެނިފެސްޓޯގައި އޮތީ އެ ޕާޓީގެ ތަސައްވުރު ކަމަށެވެ. އެހެންނަމަވެސް ކޯލިޝަނެއްގެ ގޮތުގައި ނުކުންނަމަ އެހެން ޕާޓީތަކުން ބޭނުންވާ ކަންކަން ވެސް މެނިފެސްޓޯގައި ހިމަންޖެހޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށާއި އެ ފުރުސަތު އޮންނަން ވެސް ޖެހޭނެ ކަމަށެވެ