English Edition
Dhivehi Edition

ތައިލޭންޑުގައި މޫސުން ގޯސްވުމުގެ ސަބަބުން އެގައުމުގެ 12 ކުއްޖަކާއި އެކުދިންގެ ކޯޗު ތާށިވެފައި ތިބި ހޮހޮޅައިގެ ޗެމްބަރުގައި އޮކްސިޖަން ލެވެލް ދަށަށް ދާން ފަށައިފިކަަމަށް އެކުދިން ސަލާމާތްކުރުމުގައި ހަރަކާތްތެރިވަމުން އަންނަ އޮފިޝަލުން ބުނެފިއެވެ

އޮފިޝަލުން ބުނެފައި ވަނީ ހޮހަޅައިގައި ކުދިން ތިބި ޗެމްބަރުން އޮކްސިޖަން ލެވެލް ދަށްވުމަކީ ބޮޑު ކަންބޮޑުވުމެއް ކަމަށާއި އެ ކުދިން ތިބި ހިސާބުގައި އޮކްސިޖަންގެ އާއްމު ލެވެލް އަކީ 21 ޕަސެންޓްކަމަށެވެ. އެހެން ނަމަވެސް މިހާރު އޮކްސިޖަން ލެވެލް ހުރީ 15 ޕަސެންޓުގައި ކަމަށެވެ

ކަމާ ބެހޭ ފަރާތްތަކުން ހޮހަޅައިގައި ތިބި ކުދިންނަށް އޮކްސިޖަން ސަޕްލައި ކުރުމަށް ފަސް ކިލޯ މީޓަރު (ތިން މޭލު) ގެ ކޭބަލެއް އުޅުމުގެ މަސައްކަތް ކުރަމުން އަންނައިރު އޮފިޝަލުން ބުނެފައިވަނީ އޮކްސިޖަން ލެވެލް ދަށަށް ދިއުމުގެ މައިގަނޑު ސަބަބަކީ ހޮހަޅައިގެ ތެރޭގައި މީހުން ގިނަވުން ކަމަށެވެ