English Edition
Dhivehi Edition

އެމްއެންޑީއެފް ސަދަން އޭރިއާއިން ސ.ހިތަދޫ ނޫރާނީ ސްކޫލުގެ ދަރިވަރުންނަށް “ފަރުކޮއި ޕްރޮގްރާމް” ހިންގައިފިއެވެ.

އިއްޔެ ހެނދުނު ނޫރާނީ ސްކޫލުގެ ދަރިވަރުންނަށް ހިންގި “ފަރުކޮއި” ޕްރޮގްރާމްގައި އެ ސްކޫލުގެ 42 ދަރިވަރުން ބައިވެރިވިއެވެ. “ފަރުކޮއި” ޕްރޮގްރާމަކީ ކަނޑާއި ގުޅޭ ތަފާތު ކަންކަމަށް އަހުލުވެރިކޮށް،ރާއްޖޭގެ ފަރުތަކަށް ލޯބި ޖައްސައި، އެ ފަރުތައް ހިމާޔަތްކުރުމަކީ ކޮންމެ ކުއްޖެއްގެ ފަރުދީ ޒިންމާއެއްކަން ވިސްނައިދިނުމުގެ މަޤްޞަދުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ސްކޫލުތަކަށް އަމާޒުކޮށްގެން ފަށާފައިވާ ކެމްޕޭނެކެވެ.

ނޫރާނީ ސްކޫލުގެ ދަރިވަރުންނަށް އަމާޒުކޮށްގެން އިއްޔެ އެމްއެންޑީއެފުން ކުރިއަށް ގެންދިޔަ ޕްރޮގްރާމްގައި، ދަރިވަރުންނާއެކު ފަރުތައް ކައިރީ ސްނޯކެލިންގއަށް ގޮސް، އެ ދަރިވަރުންނަށް ފަރުތަކުގެ ދިރުންތައް ވަނީ ދައްކާލާފައެވެ. އަދި، ސްކޫލުތަކުގައި ނަގައިދޭ ތިމާވެށި ފިލާވަޅާ ގުޅުވައިގެން ފަރުތަކާ ބެހޭ މަޢުލޫމާތުތައް ދަރިވަރުންނާ ވަނީ ޙިއްސާކޮށްފައެވެ. މިގޮތުން، ފަރުތަކުގެ ދިރުން ދެމެހެއްޓުމަށް ފަރުދީ ފެންވަރުގައި ކުރެވިދާނެ ކަންކަމާއި، ޕްލާސްޓިކާއި ތެޔޮފަދަ ތަކެތި ފަރުތަކަށް އެޅުމުން ތިމާވެއްޓަށް ލިބޭ ގެއްލުންތަކާ ބެހޭގޮތުން ދަރިވަރުންނަށް މަޢުލޫމާތު ދީފައިވެއެވެ.

މި ޕްރޮގްރާމްގައި، ނޫރާނީ ސްކޫލުގެ ދަރިވަރުންނަށް މަޢުލޫމާތު ދީފައިވަނީ އެމްއެންޑީއެފް ސަދަން އޭރިއާގެ ސިފައިންނެވެ.