English Edition
Dhivehi Edition
ނޫރާނީ ސްކޫލްގެ ދަރިވަރުން ނާސްތާ ޕްރޮގްރާމު ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން

ނޫރާނީ ސްކޫލުގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ފޯރުކޮށްދޭނެ ފަރާތެއް ހޯދަން އިޢުލާންކޮށްފިއެވެ.

ނޫރާނީ ސްކޫލުން ކުރި އިޢުލާނެއްގައި ބުނެފައި ވަނީ އެ ސްކޫލްގެ ހެނދުނުގެ ދަންފަޅީގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ތައްޔާރުކޮށްދިނުމުގެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު އެކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލާފައިވާ ކަމަށާއި، އެ މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާން ކުރެވިފައިވާނެ ކަމަށެވެ.

އެ ބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2020 ޑިސެމްބަރު 30 އިން 2021 ޖެނުއަރީ 03 އަށް ބަންދުނޫން ކޮންމެ ދުވަހަކު 8:00 އިން 14:00އަށް މިސްކޫލަށް ވަޑައިގެން ނަންނޯޓް ކުރެއްވުމަށް އެ ސްކޫލުން ވަނި އެދިފައެވެ.

މީގެ އިތުރުން އެ ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2021ޖެނުއަރީ 03 ވާ އާދީއްތަ ދުވަހުގެ 14:00ގެ ކުރިން ލިޔުމުން ފޮނުއްވުމަށް ވަނީ އެދިފައެވެ. މީގެ އިތުރުން އެ ޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2021 ޖަނަވަރީ 04 ވާ ހޯމަ ދުވަހުގެ 13.00 ގައި އެ ސްކޫލްގައި ކަމަށްވެސް އިޢުލާނުގައި ބުނެފައިވެއެވެ.

ބީލަން ހުޅުވުން އޮންނާނީ 2021 ޖެނުއަރީ 06 ވާ ބުދަ ދުވަހުގެ 13.00 ގައި ނޫރާނީ ސްކޫލްގައެވެ.

އެ ޕްރޮޖެކްޓްގެ ބިޑު ސެކިއުރިޓީގެ ގޮތުގައި 5،000ރ. ހުށަހަޅަންވާނެ ކަމަށާއި، ބިޑު ސެކިއުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީޚުން ފެށިގެން 30 ދުވަސް ކަމުގައިވެސް އިޢުލާނުގައި ބުނެފައި ވެއެވެ.