ބޮލީވުޑްގެ މަޝްހޫރު ތަރި ސޮނާލީ ބެންޑްރޭ އަށް ކެންސަރު ޖެހިގެން ނިއުޔޯކްގައި ފަރުވާ ހޯދަން ފަށައިފިއެވެ.
ނުވަދިހައިގެ އަހަރު ތަކުގައި ބޮލީވުޑްގައި ވިދާލި ތަރި ސޮނާލީ، ކެންސަރަށް ފަރުވާ ހޯދާކަން ހިއްސާ ކޮށްފައިވަނީ ޓްވިޓަރ މެދުވެރިކޮށެވެ. އޭނާއަށް ޖެހިފައިވަނީ ހައިގްރޭޑްކެންސަރ އެވެ.
ސޮނާލީ ބުނެފައިވަނީ ކެންސަރުގެ ޝިކާރައަކަށްވީކަން އެނގުނީ ކުއްލިއަކަށް ކަމަށާއި އެފަދަ ބައްޔެއްގެ އަލާމާތެއް ކުރިން ތަޖުރިބާ ކުރަން ވެސް ޖެހިފައި ނުވާ ކަމަށެވެ. އަދި މި ދަނޑިވަޅުގައި މުޅި އާއިލާ އާއި ރައްޓެހިންގެ ފަރާތުން އަޅާލުމާއި ލޯތްބާއި އެހީތެރިކަން އޭނާއަށް ލިބެމުން އަންނަ ކަމަށާއި އެކަމަށްޓަކައި އޭނާ ވަނީ އެ ހުރިހާއެންމެނަށް ޝުކުރުވެސް އަދާ ކޮށްފައެވެ.
43 އަހަރުގެ ސޮނާލީ 2002 ވަނައަހަރު ޕްރޮޑިއުސަރ އަހަރުގެ ގޯލްޑީ ބެލެއާއި43 ކައިވެނިކޮށް ވަނީ ފިރިހެނަ ކުއްޖަކު ވެސް ލިބިފައެވެ
1994 ވަނަ އަހަރު ފިލްމް “އާގް” އިން ބޮލީވުޑަށް ނިކުތް ސޮނާލީ ފިލްމަކުން އެންމެ ފަހުން ފެނިފައިވަނީ 2013 އަހަރު ރިލީޒް ކުރި އަކްޝޭ ކުމާރުގެ “ވަންސް އަޕް އޮން އަ ޓައިމް އިން މުމްބާއީ ދޮބާރާ” އިންނެވެ. މިފިލްމުގައި އޭނާ އަދާކޮށްފައިވަނީ ވަރަށް ކުޑަ ރޯލެކެވެ.
2002 ވަނަ އަހަރު ކައިވެނި ކުރުމަށްފަހު ފިލްމް ކުޅުން ހުއްޓާލި ނަމަވެސް، ފަހަކަށް އައިސް ސޮނާލީ ވަނީ ބައެއް ފިލްމްތަކާއި ޓީވީ ސިލްސިލާތަކުގެ އިތުރުން ބައެއް ރިއަލިޓީ ޝޯތަކުގެ ޖަޖްކަން ވެސްކޮށްފަ އެވެ.