ރައީސް އަބްދުﷲ ޔާމީނަށް ސޯޝަލް މީޑިއާގައި އިންޒާރު ދިން ކަމަށް ތުހުމަތު ކުރެވޭ މީހެއްގެ ފޯނާއި އިލެކްޓްރޯނިކް ޑިވައިސްތައް ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓައިފި އެވެ
ރޭ ކޯޓް އަމުރެއްގެ ދަށުން ހިފަހައްޓާފައިވަނީ ލ.ގަމު މުހައްމަދު އަދުހަމް ނަމަކަށް ކިޔާ ޒުވާނެއްގެ ފޯނާއި އިލެކްޓްރޯނިން ޑިވައިސްތަކެވެ. މިދިޔަ މަހުގެ 24 ވަނަ ދުވަހު އޭނާ ކުރި ޓްވީޓެއްގެ މައްސަލަ އެވެ. މިދިޔަ މަހުގެ 24 ވަނަ ދުވަހު އަދުހަމް ކުރި ޓްވީޓެއްގައި އޭނާ ރައީސް ޔާމީނަށް ގޮވާލާފައި ވަނީ ސިޔާސީ ބައެއް ބޭފުޅުން މިނިވަން ނުކޮށް، ޕީޕީއެމްގެ ޑޯޓުޑޯ ކެމްޕެއިނަށް އޭނާގެ ގެ އަށް ގޮސް ދޮރުގައި ޓަކި ނުދިިނުމަށެވެ.އަދި އެގޮތަށް، ޓަކި ދީފި ނަމަ، ރައީސް ޔާމީންގެ އިސްތަށިފުޅަށް ގެއްލުންވާ މިންވަރަށް އޭނާ ޓަކި ޖަހާނެކަމަށް އަދުހަމްވަނީ ބުނެފައެވެ
އެ މައްސަލާގައި، އަދުހަމްގެ މައްޗަށް ކުރަނީ ރައީސް ޔާމީނަށް ބިރު ދައްކައި، އިންޒާރު ދިނުމުގެ ތުހުމަތެވެ