ރައްޔިތުން ތިބީ އިބޫއަށް ވޯޓު އަޅަން ތައްޔާރަށް ކަމަށާއި އިނތިހާބުގައި ރައީސް އަބްދުﷲ ޔާމީން ބޮޑު ތަނުން ބަލިކުރާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅީ އުތުރު ދާއިރާގެ މެންބަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ
ޔާމީން އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަދައްކަމުން މާރިޔާ ވިދާޅުވީ ކޮންގްރެސްގައި އިބޫ ކެންޑިޑޭޓެއްގެ ގޮތުގައި ދެއްކުމުން މަރުހަބާ ކިޔައި މަޝްވަރާއަށް ގޮވާލުމަކީ ވެސް ހެޔޮ ނިޔަތެއް އޮވެގެން ކުރި ކަމެއް ނޫން ކަމަށެވެ،އަދި ޕާޓީތަކުން ސަރުކާރާއެކު މަޝްވަރާއަށް ދާނެ ގޮތް މީގެ ކުރިން އަންގާފައިވާކަމަށް މާރިޔާ ވިދާޅުވިއެވެ
ރައީސް ޔަމީން ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުން މާރިޔާ ވިދާޅުވީ އިބޫއަކީ ވޭތުވެދިޔަ 25 އަހަރު ދާއިރާގެ ރައްޔިތުންގެ އަގުލަބިއްޔަތުން އެ ދާއިރާގެ މެންބަރުކަން ކުރައްވަމުންދާ ބޭފުޅެއް ކަމަށާއި އެމްޑީޕީގެ އެހެން މަޖިލިސް މެންބަރުން އިތުބާރު ކުރައްވާ ބޭފުޅެއް ކަމަށެވެ.