English Edition
Dhivehi Edition

ޖުމްހޫރީ ޕާޓީން ރަނިންމޭޓެއްގެ ގޮތުގައި ދައްކާނީ އެމްޑީޕީއިން ވެސް ގަބޫލުކުރާނެ ފަދަ ބޭފުޅެއް ކަމަށް އެމްޑީޕީގެ ރިޔާސީ ކެމްޕެއިނުގެ ތަރުޖަމާނު މާރިޔާ ދީދީ ވިދާޅުވެއްޖެއެވެ

“ޖަޒީރާ ރާއްޖެ” ކެމްޕެއިނުގެ ތަރުޖަމާނުކަމާ ހަވާލުވެވަޑައިގެން މިއަދު އެމްޑީޕީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާރިޔާ ވިދާޅުވީ، ޕާޓީތަކުގެ މެދުގައި ކެންޑިޑޭޓް ނެރުމުގައި ވެސް މަޝްވަރާ ކުރެވުނުކަމަށާއި އެހެންކަމުން ރަނިންމޭޓެއް އިއުލާން ކުރައްވާއިރު ވެސްއެ ވެގެންދާނީ އެމްޑިޕީއިން ވެސް ގަބޫލު ކުރެވޭ ރަނިންމޭޓަކަށް ކަމަށެވެ،

މީގެ އިތުރުން މާރިޔާ ވިދާޅުވީ އިދިކޮޅު ޕާޓީތަކުން މިހާރު ވެސް މަސައްކަތް ކުރަމުން ދަނީ ވަރަށް އެކުގައި ކަމަށާއި ނިންމުންތައް ވެސް ނިންމަނީ އެކުގައި މަޝްވަރާކުރުމަށްފަހު ކަމަށެވެ