English Edition
Dhivehi Edition

ދިވެހިރާއްޖޭގެ ޝަރުއީ ކޯޓުތަކުގެ އަގުވެއްޓޭ ގޮތަށް ޚަބަރުތައް ޝާއިރުކުރާ ނޫސްވެރިންނަށް އަދަބުދެވޭ ގޮތަށް ގާނޫނުލް އުގޫބާތަށް އިސްލާހު ހުށަހަޅައިފިއެވެ

ގާނޫނުލް އުގޫބާތުން ފާހަގަކުރެވުފައިވާ ގާނޫނީ ހުސްކަން ފޫބެއްދުމަށްކަމަށް ވިދާޅުވެ ސަރުކާރުގެ ފަރާތުން އެ ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައި ވަނީ ފޭދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އިބްރާހިމް ދީދިއެވެ.ކޯޓުގެ ހުރުމަތް ކެނޑުމުގެ ބާބަށް ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައިވަނީ ވަކި ފަރާތަކަށް ނުޖެހި މިނިވަންކަމާއެކު މައްސަލަ ނިންމުމުގެ ގާބިލްކަން ކޯޓެއްގައި ނެތްކަން ދެއްކުމަށް ނުވަތަ ކޯޓަކުން ވަކި ކަމެއް ކުރަނީ ރަނގަޅު ނޫން މަގުސަދެއްގައި ކަމަށް ބުނެ ގަސްދުގައި ގާނޫނާ ހިލާފު އެއްވެސް އެއްޗެއް ޝާއިރުކުރުން ނުވަތަ އެ ނޫން އެއްވެސް އަމަލެއް ހިންގުމަކީ ކުށެށްކަމުގައެވެ

މީގެ އިތުރުން އެ އިސްލާހްގައި ބުނެފައިވަނީ ކޯޓުގައި ހިނގަމުންދާ މައްސަލައަކަށް ނުފޫޒުފޯރުވުމަށް ގަސްދުގައި ގާނޫނާ ހިލާފު އެއްޗެއް ޝާއިރުމާއި، ޝަރުއީ ދާއިރާއަށް އާންމުންގެ އޮންނަ އިތުބާރު ގެއްލިދާފަދަ އަމަލެއް ކުރުމާއި ކޯޓުގެ ހުއްދައާ ނުލާ އޯޑިއޯ އަދި ވީޑިއޯ ރެކޯޑް ކުރެވޭ އެއްޗެއް ވެއްދުމާއި އެފަދަ އެއްޗަކުން ނަގާ ކޯޓުގެ މަންޒަރެއް ނުވަތަ އޯޑިއޯގެ ރެކޯޑިންއެއް ޝާއިރުކުރުމަކީވެސް ކުށެއް ކަމަށެވެ