English Edition
Dhivehi Edition
01 ޑިސެމްބަރު 2019ގައި ބޭއްވި ޖޭއެސްސީގެ ބައްދަލުވުމުގެ ތެރެއިން - ފޮޓޯ: ޓްވިޓާ (ޖޭއެސްސީ)

އައްޑޫ ސިޓީ މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް، އަލްއުސްތާޛް އިބްރާހިމް ނަފީސް ހުސައިންގެ ސުލޫކީ މައްސަލައެއް ބެލުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓުގައި ކުރިއަށް ދިޔަ ޤަޟިއްޔާއެއްގައި ދައުވާ ލިބުނު ފަރާތަށް ޤާނޫނީ ވަކީލަކު ޢައްޔަނުކުރުމުގެ ފުރުސަތު އެ ޤަޟިއްޔާ ބެއްލެވި، އިސްމެޖިސްޓްރޭޓް އިބްރާހިމް ނަފީސް ޙުސައިން ނުދެއްވި ކަމަށް ބުނާ މައްސަލައެއް ތަޙުޤީޤު ކުރުމަށް، އެ ކޮމިޝަންގެ މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީން ނިންމާފައިވާ ކަމަށެވެ.

އެހެންކަމުން އިސްމެޖިސްޓްރޭޓް އަލްއުސްތާޛް އިބްރާހިމް ނަފީސް ޙުސައިންގެ ސުލޫކީ މައްސަލަ ތަޙުޤީޤު ކުރުމަށް އިއްޔެ ބޭއްވި އެ ކޮމިޝަންގެ ޖަލްސާގައި، ތަޙުޤީޤު ކޮމިޓީ އެކުލަވާލާފައިވާ ކަމަށްވެސް އެ ބަޔާނުގައި ޖޭއެސްސީން ބުނެފައިވެއެވެ.