English Edition
Dhivehi Edition

ޕްރޮފެސަރު ހަސަން އުގެއިލް އިނގިރޭސިވިލާތުގެ ރައްޔަތުކަން ދޫކޮށްލައްވަން ނިންމަވައިފި އެވެ

މީގެ 15 އަހަރު ކުރިން އިނގިރޭސިވިލާތުގެ ރައްޔިތަކަށް ވެވަޑައިގެންނެވި ޕްރޮފެސަރު އުގެއިލް މިއަދު ވިދާޅުވީ ހުންނަވާނީ ހަމައެކަނި ދިވެއްސެއްގެ ގޮތުގައި ކަމަށާއި ވަރަށް އަވަހަށް އިނގިރޭސިވިލާތުގެ ރައްޔަތުކަން ދޫކޮށްލައްވަން ހުށަހަޅުއްވާނެކަމަށެވެ

އުގައިލް މިގޮތަށް ނިންމެވިއރު ވެރިކަން ކުރާ ޕާޓީ ޕީޕީއެމް އިންވަނީ އެއްވެސް އިރެއްގައި ބޭރު ގައުމެއްގެ ރައްޔިތަކަށް ވެފައި ވާ ނަމަ އެފަދަ މީހަކަށް ރިޔާސީ އިންތިހާބަށް ކުރިމަތިލެވޭނީ އެމީހަކު ބޭރުގެ ރައްޔިތުކަން ދޫކޮށްލިތާ 10 އަހަރު ފަހުން ކަމަށް ރައްޔަތުންގެ މަޖިލީހަށް ހުށަހަޅާ، މިއަދު އެ ގާނޫން ފާސްކޮށްފައިވަނިކޮށެވެ.