English Edition
Dhivehi Edition

އިންޑިއާގެ ގުޖްރާތުގެ ޖުނައްގަދް އެގްރިކަލްޗަރ ޔުނިވާސިޓީގެ ސައިންޓިސްޓުން ގެރީގެ ކުޑަކަމުދާތަކެތިން ކެންސަރަށް ފަރުވާ ހޯދައިފިއެވެ.

ޖުނައްގަދް ގެ އެގްރިކަލްޗަރ ޔުނިވާސިޓީއިން ކާމިޔާބުކަމާއި އެކު ހޯދާފައިވާ ފަރުވާ އަކީ ކެންސަރުގެ އާންމު ބަލިތަކަށް ދެވިދާން ފަރުވާއެއްކަމަށް އެތާގެ ސައިންޓިސްޓުން ބުނެއެވެ. މިގޮތުން އަނގައިގެ ކެންސަރ، ރަހިމުގެ، ފުއްޕާމޭގެ، ކިޑްނީ، ހަންގަނޑު އަދި އުރަމަތީގެ ކެންސަރަށް ގެރީގެ ކުޑަކަމުދާތަކެތިން ފަރުވާދެވިދާނެކަމަށް ޔަގީންކުރެވިފައިވެއެވެ.

މި ހޯދުން ހޯދާފައިވަނީ އެ ޔުނިވާސިޓީގެ ޕްރޮފެސަރ ޝްރައްދާބަޓް، ރުކަމްސިންގް ތޯމަރ، އަދި ކަވީތާގެ އެކްޕެރިމެންޓްތަކުން އަހަރުތަކެއް ވަންދެން ހޯދި ހޯދުންތަކުން ކަމަށް ޔުނިވާސިޓީއިން މައުލޫމާތު ދެއެވެ. ” މިތަހުލީލަކީ ސީދާ ސައިންޓިފިކަލީ އުފެދިފައިވާ ކެންސާރ ސެލްތައްބޭނުން ކޮށްގެން ކުރެވުނު ތަހްލީލެއް، އެހެން ކަމުން މިއީ ވަރަށް ނާޒުކު ތަހްލީލެއް، އަހަރެމެން ގެރީގެ ކުޑަކަމުދާތަކެތި ފުޅިއަކަށް އަޅާފައި ކެންސަރ ސެލްތައް އޭގެތެރެއަށް އެޅުމަށްފަހު ބެހެއްޓީ، އަދި ކުޑަވަގުތުކޮޅަކުން ފެނުނީ ކުޑަކަމުދާތަކެތީގައި ހިމެނޭ މާއްދާއަކުން ކެންސަރ ސެލްތައް މަރުވަމުން ދިޔަތަން” ޕްރޮފެސަރ ޝްރައްދާ ބަޓް ބުންޏެވެ.

ޕްރޮފެސަރ ބަޓް ބުނެފައިވާގޮތުގައި ދެންއޮތް މަރުހަލާއަކީ، މީދާބޭނުންކޮށްގެން މިޓެސްޓް ކުރުމެވެ. އެއަށްފަހު ކާމިޔާބް ވެއްޖިއްޔާ އިންސާނުންނަށް ފަރުވާކުރުމަށް ބޭސްގުޅަތައް އުފައްދާނެކަމަށެވެ. ” ކެންސަރ ސެލްތަށް މަރާލުމަށް ކީމޯ ތެރަޕީ ދިނީމަ ހަށިގަޑުގައި ހުންނަ ރަނގަޅު ސެލްތައް މަރުވޭ އެހެން ނަމަވެސް ގެރީގެ ކުޑަކަމުދަތަކެތިން މަރުވާނީ ކެންސަރ ސެލްތައް އެކަނި” ޕްރޮފެސްރ ތޯމަރ ބުންޏެވެ.

ކެންސަރު ބައްޔަށް އަދި މިހާތަނަށް ޝިފާއެއް ހޯދިފައި ނުވާއިރު، ސައިންސްވެރިންދަނީ މިކަމުގެ ޝިފާއެއް ދެނެގަތުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނަމުންނެވެ.