English Edition
Dhivehi Edition

ކޮންމެ މީހަކީވެސް ޒިންމާދާރު މީހަކަށް ވުމާއެކު ގައުމުގެ މުސްތަގުބަލް ބިނާކުރުމުގައި ކޮންމެ މީހެއްގެވެސް ފަރުދީ ޒިންމާއެއް އޮތުމާއެކު ރައީސް މިގައުމަށް ގެންނަވަމުންދާ ދާ ތަރައްގީއާއިމެދު ވިސްނަންޖެހޭނެކަމަށް ހައުސިން މިނިސްޓަ ރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ށ. އަތޮޅުގެ ހަތަރު ރަށަކަށް މިހާރު ކުރައްވަމުންދާ ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ވަޑައިގެންނެވި ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު އެއަތޮޅުގެ ކަނޑިތީމުގެ ރައްޔިތުންނާ މުޚާތަބުކޮށް ވާހަކަދައްކަމަވުން ވިދާޅުވީ ރައްޔިތުންނަށް މިއަދު ފެނިގެން މިދަނީ އެތައް ޒަމާންތަކެއް ވަންދެން އެމީހުން ކުރަމުން އައި އުއްމީދުތައް ހަގީގަތަކަށް ވެގެން އަންނަ މަންޒަރު ކަމަށެވެ.

“މިއަދު ރައްޔިތުންގެ ލޯމަތިން ފެނިގެން ދަނީ އެތައް ޒަމާންތަކެއް ކުރިން އުއްމީދު ކުރަމުން އައި ކަންތައްތައްތަކެއް ފުރިހަަމަވެ އެއިން ނަފާ ލިބޭ މަންޒަރު. އަދި މިއުއްމީދު ތައް ހަގީގަތަކަށް ހައްދަވައިދެއްވީ ރައީސުލްޖުމުހޫރިއްޔާ އަބުދުﷲ ޔާމީން އަބްދުލްގައްޔޫމް” މިނިސްޓަރ ވިދާޅުވިއެވެ.

ކަނޑިތީމުގައި ރައީސުލްޖުމްހޫރިއްޔާ ހުޅުވައިދެއްވި ބަނދަރާއި ގުޅޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރ މުއިއްޒު ވިދާޅުވީ ރައީސް މި ސަރުކާރާއި ހަވާލުވެ ވަޑައިގަތުމުގެ ކުރިން ކަނޑިތީމު ބަނދަރަކީވެސް ވަރަށް ހާލުގައި އޮތް ބަނދަރެއް ކަމަށާއި، ނަމަވެސް ބަޖެޓްގައި ހިމަނައިގެން ރައީސް ވަނީ އެރަށުގެ ރައްޔިތުން ބޭނުންވި ގޮތައް ބަނދަރުގެ މަސައްކަތް ނިންމަވާދެއްވާފައިކަމަށެވެ.